ހަމަލާ ދިނުމުގައި ޝާމިލުވި މީހުންގެ މައުލުމާތު އާންމުކޮށްފި

ހަމަލާ ދިނުމުގައި ޝާމިލުވި މީހުންގެ މައުލުމާތު އާންމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
08 މެއި 2021 04:17
0

ހަމަލާ ދިނުމުގައި ޝާމިލުވި މީހުންގެ މައުލުމާތު އާންމުކޮށްފިއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނަވަރު ޢާއްމުކޮށްފައިވާ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. ފުލުހުން ބުނެފައިވަނީ މިދެމީހުން މިހާރު ވަނީ ފުލުހުންގެ ތަހުގީގަށް ހައްޔަރު ކުރެވި މައްސަލަ ތަހުގީގް ކުރަމުންނެވެ.

މިމައްސަލާގައި ޑީސީޕީ ރިޔާޒު ވިދާޅުވީ މިމައްސަލައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިކަމުގައި އިތުރު މީހުން ޝާމިލުވުމަކީ އެކަށީގެންވާކަމަށެވެ.

މިއަދުގެ ޕްރެސްގައި ފުލުހުން ވަނީ ރައީސް ނަޝީދަށް ހަމަލާދޭ ވީޑިއޯވެސް އާންމުކޮށްފައެވެ. ވީޑިއޯ ފްޓޭޖުން ރައީސް ނަޝީދު ކާރަށް އަރަން އުޅުއްވަނިކޮށް، އަރާހަމަ ވުމާއިއެކު ގޮއްވާލާތަން ފެނެއެވެ. ވީޑިއޯ އާންމު ކުރުމުގެ ބޭނުމަކީވެސް އާންމުގެ އެހީތެރިކަން ހޯދުންކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ފުލުހުން ވަނީ ހަމަލާގެ އިސްބައިވެރިޔާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައެވެ.

ފުލުހުން ބުނެފައިވަނީ މިމީހާގެ މައުލޫމާތު އެގޭ އެއްވެސް މީހެއްވާނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް އެންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މިއީ މިހާރު ފުލުހުން އެންމެ އިސްކަމެއްދީގެން ހޯދަން މަސައްކަތް ކުރަމުންދާ މީހާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމީހާގެ ދެފޮޓޯއެއް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެއްފޮޓޯގައި އަތަމާ ޕެލެސް ތެރޭގައި މަޑުކޮށްލައިގެން ހުންނަ މަންޒަރު ފެނެއެވެ. އަދި އަނެއް ފޮޓޯއިން ފައިވާން އަތަށް ނަގައި ވަރަށް ބާރަށް ދުވެފައި މަޖީދީމަގުން މާފަންނާއި ވީކޮޅަށް ދުވާތަން ފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.