ނަޝީދުގެ ހަށިކޮޅަށް ގިނަ ހަމަލާތަކެއް، ފުއްޕާމެއަށްވެސް ގެއްލުންވެފައިވޭ: އޭޑިކޭ

ނަޝީދުގެ ހަށިކޮޅަށް ގިނަ ހަމަލާތަކެއް، ފުއްޕާމެއަށްވެސް ގެއްލުންވެފައިވޭ: އޭޑިކޭ

Author
މުޙައްމަދު ޝަޒައިމް
08 މެއި 2021 02:46
0

ބްރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމާލާގައި ހަށިކޮޅުގެ ގިނަ ތަންތަނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށާއި، ލޭމަނާކުރަންވެސް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނުކަމަށް އޭޑީކޭއިން ބުނެފިއެވެ.

އޭޑިކޭއިން މިހާރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުންވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއްވެސް ދައްކާލާފައެވެ. އަދި އަނިޔާ ލިބިފައިވާތަންތަން ވަކިވަކިން ކިޔާދީފައެވެ.

ޕްރެސްގައި ރައީސް ނަޝީދަށް ފަރުވާ ދެއްވި ގިނަ ޑްކޮޓަރުން ބައިވެރިވެފައިވެއވެެ. ޕްރެސްގައި ވާހަކަ ދައްކަވަމުން އޮޕަރޭޝަންގެ ކަންކަން ކުރިއަށް ގެންދެވި ޑރ.ނިޝާން ވިދާޅުވީ ހަމަލާގައި ރައީސް ނަޝީދު ގޮހޮރަށްވެސް ގެއްލުން ވެފައިވާކަމަށެވެ. އަދި ހަށިގަނޑުގެ ތެރެއަށް ގިނަ ދަނގަޑު ކޮޅުތަކެއް ވަދެފައިވާކަމަށެވެ.

މިޕްރެސްގައި ޑރ.ނިޔާފް ވިދާޅުވީ ރައީސް ނަޝީދު ގެނައިއިރުވެސް ވަރަށް ބޮޑަށް ގައިގެ އިކި ތަންތަނުން ބްލީޑްވަމުން ދިޔަކަމަށެވެ. ރައީސް ނަޝީދު އެންމެ ފުރަަމަ ހޮސްޕިޓަލަށް ގެނައިރު އެމަނިކުފާނަށް ފަރުވާދެއްވި ޑރ.ހުސޫމާ ވިދާޅުވީ ފުރަތަމަ ގެނައިރު އެމަނިކުފާނަށް ވާހަކަވެސް ދެކެވި ހާލަތު ކިޔައިދެއްވިކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހަށިކޮޅަށް ބަލައިމުން ވަގުތުން އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސް ފަރުވާދޭން ފެށިކަމަށެވެ.

ޑޮކްޓަރުން ވިދާޅުވީ މިހަލަމާގައި ވަރަށް ގިނަ ޒަޙަމްތަކެއް ރައީސް ނަޝީދަށް ލިބިފައިވާކަމަށާއި، އެމަނިކުފާނުގެ ހަށިކޮޅުގެ ވަރަށް ސީރިއަސް ހިސާބުތަކަށް ދަނޑު ކޮޅުކޮޅު ވަދެ، ބައެއް ތަންތަނުން ފޫއަޅައި ނިކުމެފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ފުއްޕާމޭ ފޫއަޅާލައި، ހިތައް ދަނގަޑު ކޮޅެއް އަމާޒުނުވެ އިނީ ކިރިޔާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އަދި ގިނަ ރޭޒާ ފުށްތަކެއް އެމަނިކުފާނުގެ ހަށިގަނޑު ތެރެއަށް ވަދެފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.