ހައްޔަރު ކުރި މީހުން ކާކުކަން ނޭގޭ ގޮތަށް މޫނު ފޮރުވައިގެން ގެންގޮސްފި

ހައްޔަރު ކުރި މީހުން ކާކުކަން ނޭގޭ ގޮތަށް މޫނު ފޮރުވައިގެން ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
08 މެއި 2021 02:06
0

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރިސްޓް ހަމަލާގައި އަމަލީގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށް، ކާކުކަން ނޭގޭ ގޮތަށް މޫނު ފޮރޮވައިގެން އެމީހުން ގެންގޮސްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ، މެއި 6 ވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދުއަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އޭގެ ތަފްސީލް މެންދުރު ފަހު އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޝައްކު ކުރެވޭ 4 މީހަކު ދެނެގަނެވިފައި ވާކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދިންކަމަށް ބުނާ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާގައި ބޮން ގޮއްވާލިކަމަށް ބުނޤ މީހެއްގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިާގައ ދަނީ ދައުރުވަމުންނެވެ. އެމީހާގެ ދެފޮޓޯއެއް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެއްފޮޓޯގައި އަތަމާ ޕެލެސް ތެރޭގައި މަޑުކޮށްލައިގެން ހުންނަ މަންޒަރު ފެނެއެވެ. އަދި އަނެއް ފޮޓޯއިން ފައިވާން އަތަށް ނަގައި ވަރަށް ބާރަށް ދުވެފައި މަޖީދީމަގުން މާފަންނާއި ވީކޮޅަށް ދުވާތަން ފެނެއެވެ.

ފުލުހުން ގެންދަނީ ރައީސް ނަޝީދަށް ހަމަލާ ދިންމީހުން ހޯދުމަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން މިވަގުތުވެސް އަލިކިލެގެފާނު މަގުގެ ބައެއް ގެތަކުގައި ސަލާމަތީ ބާރުތަކުން ދަނީ ހަރަކަތްތެރިވަމުންނެވެ.

ރޭ ސިފައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުަގއި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ގުނައެއް ބާރު ގަދަ ޑިވައިސްއެއްކަމަށް ބުނެފައެވެ. އަދި އޭގައި ލޭޒަރފުއް ބޭނުންކޮށްފައިވާކަމަށްވެސް ސިފައިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.