ބޮން ގޮއްވާލިކަމަށް ބުނާ މީހާއާއި ގުޅިގެން ފުލުުހުންގެ ބަހެއް އަދިނެތް!

ބޮން ގޮއްވާލިކަމަށް ބުނާ މީހާއާއި ގުޅިގެން ފުލުުހުންގެ ބަހެއް އަދިނެތް!

Author
މުޙައްމަދު ޝަޒައިމް
08 މެއި 2021 09:26
0

ބްރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާގައި ބޮން ގޮއްވާލިކަމަށްބުނެ ސޯޝަލްމީޑިޔާގައި ދައުރުވަމުންދާ މީހާއާއި ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މިމީހާގެ ދެފޮޓޯއެއް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެއްފޮޓޯގައި އަތަމާ ޕެލެސް ތެރޭގައި މަޑުކޮށްލައިގެން ހުންނަ މަންޒަރު ފެނެއެވެ. އަދި އަނެއް ފޮޓޯއިން ފައިވާން އަތަށް ނަގައި ވަރަށް ބާރަށް ދުވެފައި މަޖީދީމަގުން މާފަންނާއި ވީކޮޅަށް ދުވާތަން ފެނެއެވެ.

މިމީހާގެ މައުލޫމާތު އާންމު ފަރާތްތަކުން ސޯޝަލް މީޑިޔާގައި ދައުރުކުރަމުން ދިޔަނަމަވެސް ސަލާމަތީ ބާރުތަކުން އަދި މިކަން ތަހުގީގް ކުރާ ފުލުހުން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

މިހަމަލާއާއި ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ މިހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށެވެ. އަދި މިއީ އެމަނިކުފާނުގެ ފުރާނައަށް އަމާޒުކޮށް ގަސްތުގައި ދީފައިވާ ހަމަލާއެއްކަމަށާއި މިތާހަނަށް މި ހަމަލާ ދިންކަމަށް ޝައްކުކުރެވޭ 4 މީހަކު ދެނެގަނެވިފައިވާކަމަށެވެ.

ހަމީދު ވިދާޅުވީ މި ހަމަލާ ދިންމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަޤީންކަން އަރުވާކަމަށާއި، ފުލުހުންގެ އެންމެ މަތީ ޤާބިލްކަން ބޭނުންކުރައްވާނެކަމަށެވެ. އަދި ރާއްޖެއާއި ގުޅުންއޮތް ބައިނަލްއަޤްވަމީ ޤައުމުތަކާއި ޖަމާއަތްތަތކުގެ އެހީވެސް ހޯދަމުން އަންނަކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މި ހަމަލާއި ގުޅިގެން ގޮވާ އެތިހަރުކޮށްފައިވާކަމަށް ބެލެވޭ ސައިކަލުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި، އެ ސައިކަލުގެ ސައްހަ މަޢުލޫމާތު ހޯދިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލައިގެ ތަހުގީގުގައި މިއަދު އޮސްޓްރޭލިއާގެ ފުލުހުންވެސް ބައިވެރިވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

G GAbo
Fulhumuge Baheh nethas mimeehaa amillayah mikamaamedhu Baheh nubune hurumakee shakku ufedhey kamehthaa.
މ މާމުގުރު
އެނގިދާނެތާ؟
ގ ގަމާރުނޫސްކިޔާ
ފުލުހުން ތަހްގީގު ކުރަމުންދާއިރު ތަހްގީގު ގޮއްސަ އޮތްހިސާބު ދެއިރު ދެ ދަޅައަށް ކިޔާދޭކަށް ނުޖެހޭ. ގަމާރަސް ބޮޑުވަރު.
ކ ކެޔޮޅުބެ
ހަމަ ތިގޮތައް އަފްރަޝީމް ގެ މަރުވެސް ތަހުގީގު ކުރަން ވީ ނޫން ތޯ ކީއްވެ އެކަން ނުކުރެވިގެން ތިއުޅެނީ???