ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތަކެއް ފަރުމާކުރުމަށް އެއްބަސްވުމެއް އެކުލަވާލައިފި

ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތަކެއް ފަރުމާކުރުމަށް އެއްބަސްވުމެއް އެކުލަވާލައިފި

Author
މުޙައްމަދު ޖިމީ
20 އޮކްޓޯބަރ 2020 12:19
0

ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް، މިނިސްޓްރީ އޮފް އެންވަރަޔަރަންމަންޓާއި މޯލްޑިވްސް އިންސްޓިޓިޔުޓް އޮފްޓެކްނޮލޮޖީ (އެމްއައިޓީ) އާއި މެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިކަމަށްޓަކައި އެންވަޔަރުމަންްޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ފެނާއި ނަރުދަމާގެ ދާއިރާއިން ލެވަލް 3 އަދި 4 ގެ ސެޓްފިކެޓް ކޯހަށް ބޭނުންވާ ސްޓެންޑަޑް އަދި ކޯސް މެޓީރިއަލް ތައްޔާރުކުރުމަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، އެކުލަވާލާ ކޯސްތަކަކުގެ ތެރޭގައި ޕްލަމިންގ، ސްވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނަންސް، ވޯޓާ ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނަންސް އަދި ފެން ޓެސްޓްކުރާ ލެބޯޓްރީ ޓެކްނީޝަންސް ހިމެނެއެވެ. މި މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަނަޓާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް) އާއި ގުޅިގެންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢޫލޫމާތުދެއެވެ.

މިކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އެއްގޮތަށް ފަރުމާކުރެވޭ ކޯސްތަކެއްކަމަށާއި، މިއީ މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް ލިބޭ ފަރުސަތަކަށް ވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މި އެއްބަސްވުމުގެ ދަށުން ކޯސްތަކުގެ ސްޓޭންޑަރޑް އެކުލަވާލައި، ކޯސް މެޓީރިއަލްއަސް ތައްޔާރުކުރެވިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ. ފެނާއި ނަރުދަމާގެ ޔޫޓިލިޓީ ޚިދުމަތްދޭ ރަށްތަކަށް ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.