ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ހަމަލާއެއް: ރައީސް

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ހަމަލާއެއް: ރައީސް

Author
މުޙައްމަދު ޝަޒައިމް
07 މެއި 2021 02:53
0

ރައީސް ނަޝީދަށް މިރޭ ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އަށާއި، ރާއްޖޭގެ އިޤްތިޞާދަށް ދިން ނުރައްކާތެރި ހަމަލާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިރޭ ޤައުމާއި މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ވިދާޅުވީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަލާމަތީ ބާރުތަކުން ތަހުގީގް ކުރަމުންދާކަމަށެވެ. މިމައްސަލާގައި ޝާމިލުވާ މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހަލާގައި ބައިނަލް އަޤުވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އޮސްޓްރޭލިއަން ޕޮލިސްގެ އެހީތެރިކަން ލިބޭނެކަމަށް އަންގާފައިވާކަމަށާއި، އެބޭފުޅުން އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައިސް މިކަމުގައި ބައިވެރިވާނެކަމަށެވެ. ރައީސް ވިދާޅުވީ މިއީ ވަރަށް ފިނޑި އަދި ވަރަށް ނާތަހުޒީބު ހަމަލާއެއް ކަމަށެވެ.

ރައީސް ވަނީ މިހާދިސާގައި ރައީސް ނަޝީދަށާއި، އަނިޔާ ލިބުނު ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.