ތަހުގީގަށް ބޭރުގެ މާހިރުންގެ ލަފާހޯދުމަށް ފުލުހުންނަށް ލަފާދެނީ

ތަހުގީގަށް ބޭރުގެ މާހިރުންގެ ލަފާހޯދުމަށް ފުލުހުންނަށް ލަފާދެނީ

Author
މުޙައްމަދު ޝަޒައިމް
07 މެއި 2021 02:18
0

މަޖިލިސް ރައީށް ނަޝީދަށް ދިން ހަމަލާ ތަހުގީގުކުރަން ބޭރުގެ މާހިރުން ގެންނަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ފުލުހުންނަށް ލަފާ ދިނުމަށް ނިންމައިފިއެވެ.

ދައުރުން ބޭރުން މިރޭ ބޭއްވި މަޖިލިސް 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިމައްސަލަ ކުރިއަށް ގެންދިއުމަށް ކޮމިޓީން ފުލުހުންނަށް ލަފާދޭނެ ގޮތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މިމަޝްވަރާތަކަށްފަހު ކޮމިޓީގެ މެމްބަރުންނަށް އިއްތިފާޤު ވެވުނީ މިމައްސަލަ ތަހުގީގް ކުރުމަށް ބޭރުގެ މާހިރުންގެ ލަފަޔާއި އިރުޝާދު ފުލުހުން ބޭނުން ކުރުމަށެވެ.

ބޭރުގެ މާހިރުންގެ ލަފާ ހޯދުމަށް ދެންނެވުމަށް ނިންމަވާފައިވަނީ މީގެ ކުރިން މިފަދަ މައްސަލަތަކުގައި ކަންކަން ވެފައިވާގޮތުން ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުން މިހާރު ނިންމިފައިވާއިރު ކޮމިޓީގެ ލަފާ ފުލުހުންނަށް ފިނުވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދަށް މިރޭ ދެވުނު ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ގެންދަނީ އޭޑިކޭގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އެކި ވަރުގެ ސާޖަރީތައް ގެންދަނީ ހަދަމުންނެވެ. އެމނިކުފާނުގެ ހާލަތާއިމެދު ކަންބޮޑުވެ ގިނަ ބަޔަކު ގެންދަނީ ހެޔޮ އެދުންތައް އަރިސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.