ބޭނުންވާނެ ތަކެތި:
1 ޖޯޑު ފުށް
120ގ މާޖިރިން
1/2 ޖޯޑު ހަކުރު
3 ބިސް
1 ސައި ސަމުސާ ވެނީލާ އެސެންސް
1 ސައި ސަމުސާ ބޭކިން ޕައުޑަރ
1 ޖޯޑު ކަދުރު (ކުދިކޮށް ކޮށާފައި)
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ހަކުރާއި މާޖިރިންކޮޅު އެއްކޮށް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފަހަރަކު ބިހެއް އަޅަމުން ގިރަމުން ގެންދާށެވެ.
ހުރިހާ ބިހެއް އަޅައި ރަނގަޅަށް ގިރާލެވުމުން ފުށް އަޅައި ރަނގަޅަށް ގިރާލާށެވެ. އޭގެތެރެއަށް ވެނިލާ އެސެންސް އަދި ބޭކިން ޕައުޑަރ އަޅާ އެއްކޮށްލާށެވެ.
އެންމެ ފަހުން ކަދުރުކޮޅު އަޅާލުމަށްފަހުވެސް ރަނގަޅަށް އެއްކޮށްލާށެވެ.
ފުށްގަނޑު ރަނގަޅަށް ގިރާލެވުމުން ޓްރޭއަކަށް އަޅައި އަވަނުން 160 ޑިގްރީގައި ފިހެލާށެވެ. ގާތްގަނޑަކަށް 25-30 މިނިޓުން ރަނގަޅަށް ފިހެވޭނެއެވެ.
ކޮމެންޓު ފޮނުވާ