އިންޑިއާގެ ޒުލަކުން 8 ސިންގާއެއް ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް، އިންޑިއާ ސަރުކާރުން އަންގާރަ ދުވަހު ބުނެފިއެވެ. އަދި ބުނެފައިވަނީ، މި ޖަނަވާރުތަކުން ކޮރޯނާ ވައިރަސް އިންސާނުންގެ ހަށިގަޑަށް ވާސިލްވެފައި ވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް އަދި ފެނިފައި ނުވާ ކަމަށެވެ.
އިންޑިއާގެ ދެކުނުގެ އަވަށެއް ކަމުގައިވާ ހައިދަރު އާބާދުގެ ޒޫ އޮތޯރިޓީން ބުނެފައިވާ ގޮތުގައި، މި ޒުލުގައި ތިބި ބައެއް ސިންގާތަކުގެ ކިބައިން ނޭވާލާން އުދަގޫ ވުމުގެ އަލާމާތްތަކެއް ފެންނަން ފެށުމާއެކު، މި ޖަނަވާރުތަކުގެ ސާމްޕަލްތައް ސަރުކާރުގެ ރިސާޗު ލެބޯރިޓީތަކާ ފާއިތުވެދިޔަ މާރޗްމަހުގެ 24 ވަނަ ދުވަހު ހަވާލު ކުރެވިފައިވާ ކަމަށެވެ.
މި ޓެސްޓްތަކުގެ ނަތީޖާތަށް ލިބިފައިވަ މިވަނީ، އިންޑިއާގައި އާދަޔާ ޚިލާފަށް ކޯވިޑް19 ފެތުރި، އެތައް ބަޔަކު މިބަލީގައި މަރުވާން ފަށާފައި ވަނިކޮށެވެ.
"ދުނިޔޭގެ ކަންކޮޅުތަކުގައި ޒުލުތަކުގައި ގެންގުޅޭ ބައެއް ޖަވާރުތައް ފާއތިވެދިޔަ އަހަރު SARS-COV2 އަށް ޕޮޒިޓިވް ވެގެން ލިބިފައި ހުރި ތަޖުރިބާތަކަށް ބަލާއިރު، މި ބަލި، ޖަނަވާރުތަކުން އިންސާނުންނަށް ވާސިލް ވެދަނެކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް އަދި ލިބިފައެއް ނުވޭ،" އިންޑިއާގެ މިނިސްޓްރީ އޮފް އެންވިރޮންމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖު އިން ބުނެފައި ވެއެވެ.
ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާ ސިންގާތައް ތިބި މި ޒޫން އޮންނަ ނެހެރޫ ޒޫލޮޖިކަލް ޕާރކް މިހާރު ބަންދު ކޮށްފައިވާ ކަމަށް، މި ޕާކްއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ފާއިތުވެދިޔަ 13 ދުވަހުވެސް އިންޑިއާގައިވަނީ ވަނީ ދުވާލަކަށް 300،000 އަށްވުރެ ގިނަމީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވަމުން ގޮސްފައެވެ. އަދި މިހާތަނަށް އެގައުމުގައި 20 މިލިއަނަށްވުރެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ވަނީ ދައްކާފައެވެ.
އިންޑިއާ ހިމެނިގެންދަނީ، އެމެރިކާއަށްފަހު ދެން އެންމެ ގިނައަދަކަށް ކޯވިޑް19އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ގައުމު ކަމުގައެވެ.
ކޮމެންޓު ފޮނުވާ