ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

Author
ޔޫސުފް
03 މެއި 2021 11:50
0

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން އިސްމާޢީލް ސުޖާއު އިސްތިއުފާ ދެއްވައިފިއެވެ.

ސުޖާއު މަގާމުން އިސްތިއުފާ ދޭން ނިންމީ އަމިއްލަ ކަމަކަށް ވަގުތު ދޭން ބޭނުންވާތީ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީއަކަށް އެންމެ ފުރަތަމަ ސުޖާއު ހަމަޖައްސާފައިވަނި 2016ވަނަ އަހަރުގައި އޭރުގެ ރައީސް ސީވީޑް އަހުމަދު ލަތީފްގެ ރައީސްކަމުގެ ދައުރުގައެވެ.

ފާއިތުވި އަހަރުތަކުގައި ޓީޓީން ރާއްޖެ ހޯދި ވަނަތަކުގައި ސުޖާއުގެ ހިއްސާ އެބައޮތެވެ. ޒުވާން ޓީޓީ ކުޅުންތެރިންގެ ޕްރޮގްރާމްތައް މިދިޔަ ދައުރުގައި ޓީޓީން ހިންގިއިރު، އެ މަސައްކަތުގެ އެކި އެކި ޒިންމާ އުފުލި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޓީޓީ އެސޯސިއޭޝަންގެ އިންތިހާބުގެ މައްސަލަ ހޫނުވެގެންދިޔައިރު، ސުޖާއު ވަނީ އެސޯސިއޭޝަންގެ ފަރާތުން ސާބިތުވެ ހުންނަވައި އިންސާފުވެރި އިންތިހާބަކާ ހަަމައަށް ޓީޓީ ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.