އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ އަދި ޕްރެސެންޓަރ ރޯހިޓް ސަރުދަނާ ކޯވިޑް ބަލީގައި ނިޔާ ވެއްޖެ

އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ އަދި ޕްރެސެންޓަރ ރޯހިޓް ސަރުދަނާ ކޯވިޑް ބަލީގައި ނިޔާ ވެއްޖެ

Author
ހުސެއިން
30 އޭޕްރިލް 2021 09:01
0

އިންޑިއާގެ މަޝްހޫރު ޕްރެސެންޓަރ، ރޯހިޓް ދަރުދާނާ، ކޯވިޑް19އަށް ޕޮޒިޓިވްވެ، މިއަދު ނިޔާވެއްޖެއެވެ.

ރޯހިޓް ދަރުދާނާ ކޯވިޑް ބަލީގައި ދުނިޔެ ދޫކުރުމާއި ގުޅިގެން، މުޅި އިންޑިއާގެ ޖާނަލިސްޓުންނާއި އަދި ރޯހިޓް ދަރުދާނާގެ ރައްޓެހިންވެސް ތިބީ ކުއްލި ޝޮކެއްގައި ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ރޯހިޓް ދަރުދާނާ ވަނީ، ދުވަހުން ދުވަހަށް ގެނެސްދޭ، އިޖުތިމާއީ އިގްތިސާދީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ބަހުސްކުރާ މަޝްހޫރު ޝޯއެއްކަމުގައިވާ "ޑަންގަލް" ހުށަހަޅުއްވާ ދެއްވަމުން ގެންދަވާފައެވެ.

ކުރިން އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާފައިވަނީ ޒީ ނިއުސްގައެވެ. ޒީ ނިއުސްގައި މަަސައްކަތް ކުރައްވަމުން ގެންދެވިއިރު، އޭނާވަނީ، އެ ނިއުސް ޗެނަލްގެ، މަޝްހޫރު ބަހުސް ޕްރޮގްރާމް "ތާލް ތޮކް ކޭ" ހުށަހަޅުއްވާ ދެއްވާފައެވެ.

ޖާނަލިޒަމްގެ ދާއިރާއިން އޭނާ ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2018 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ، ގަނޭޝް ޝަންކަރު ވިދްރަރުތި ޕުރަސްކާރ އެވާޑްވެސް އޭނާއަށް އަރުވާފައެވެ.

މުޅި އިންޑިއާއަށް މަޝްހޫރު ޕްރެސެންޓަރު ނިޔާ ވުމާއި ގުޅިގެން، މީޑިއާގެ ފަރާތްތަކުންނާއި އަދި އިންޑިއާގެ ސިޔާސީ އިސް ފަރާތްތަކުންވެސް ގެންދަނީ، އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

މިގޮތުން ރޯހިޓް ދަރުދާނާ ނިޔާވުމާއި ގުޅިގެން، އިންޑިއާގެ ބޮޑޫވަޒީރު، ނަރެންދުރަ މޯޑީ އޭނާގެ ޓުވިޓަރގައި ވިދާޅުވެފައި ވަނީ، ރޯހިޓް ދަރުދާނާ ފަދަ، އިންޑިއާގެ ތަރައްގީ އާއިމެދު ނުހަނު ޝައުގުވެރިކަން ހުރި، އަދި އެހާމެ ހިންހެޔޮ މީހަކު ވަކިވެދިޔައީ މާ އަވަހަށް ކަމުގައެވެ. އަދި އޭނާގެ ވަކިވެ ދިއުމުގެ ސަބަބުން، މީޑިއާގެ ދާއިރާގައި، ނުހަނު ބޮޑު ހުސްކަމެއް އުފެދިގެންދާނެ ކަމަށް ވިދާޅުވެ މޯޑީ ވަނީ ރޯހިޓް ދަރުދާނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

މީގެ އިތުރުން އިންޑިއާގެ ހޯމް މިނިސްޓަރ އަމިޓް ޝާހުގެ އިތުރުން، މީޑިއާގެ ދާއިރާގައި، ރޯހިޓް ދަރުދާނާގެ ގާތް އެތަކެއް އެކުވެރިންވެސް ދަނީ އޭނާގެ ވަކިވެދިއުމުގެ ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.