ކާތިކް އާރިޔަން "ދޯސްތާނާ 2″ އިން ވަކި ކުރުމާއި އެކު އުފެދިގެން އައި އެންމެ ބޮޑު އެއް ސުވާލަކީ ދެން އޭނާގެ ރޯލު އަދާކުރުމަށް އަންނާނީ ކާކުތޯއެވެ؟. މި ކަމާއި ބެހޭގޮތުން ވަނީ ވަރަށް ގިނަ ވާހަކަތައް ވެސް ދެކެވިފަ އެވެ.
ހިންދުސްތާން ޓައިމްސް އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން މި ރޯލު ކުޅުމަށް ގެންނަން ހަމަޖެހިފައިވަނީ އަކްޝޭ ކުމާރެވެ. އަދި ޚަބަރު ލިބިފައިވާ ގޮތުގައި ކަރަން ޖޯހަރްވަނީ އަކްޝޭ ކުމާރަށް މިކަމާ ގުޅޭގޮތުން ރިކުއެސްޓު ވެސް ކޮށްފައެވެ. އަދި ހަމަ އެހެންމެ ބައެއް ރިޕޯޓްތަށް ބުނާގޮތުގައި މި ރޯލް އަށް ރާޖްކުމާރު ރާއޯ ގެންނަން ވެސް ދަނީ މަަސައްކަތް ކުރަމުނެވެ.
މިހާ ހިސާބަށް އައިސްފައިވާއިރު މި ފިލްމަށް ވަނީ ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. އެހެންކަމުން ބޮޑަށް ލަފާ ކުރެވެނީ އަކްޝޭ މި އޮފާ ގަބޫލު ކުރާނެ ކަމަށެވެ.
ރޮމޭންޓިން ކޮމެޑީ ފިލްމެއްކަމަށްވާ "ދޯސްތާނާ 2″ އިން ޖާންވީ ވެސް ފެނިގެންދާނެއެވެ. އަދި ހަމަ އެހެންމެ މި ފިލްމަކީ ލަކްޝް ލަލްވާނީގެ ފުރަތަމަ ފިލްމެވެ. 2008 ވަނަ އަހަރު ނެރުނު މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ގޮސްފައިވަނީ އަބީޝޭކް ބައްޗަން، ޖޯން އަބްރަހަމް، އަދި ޕްރިޔަންކާ ޗޯޕްރާއެވެ.
މި ރިޕޯޓޫގައި ވާގޮތުން ކަރަން ހުރީ އަކްޝޭއާ ގުޅޭ ގޮތަށް ފިލްމުގެ ސްކްރިޕްޓްވެސް ބަދަލުކުރަން ތައްޔާރަށެވެ. އަދި އެއީ އެންމެ ފުރަތަމަ ސްކްރިޕްޓް ލިޔެފައިވަނީ ކާތިކް އަށް ބަލާފައިކަމަށްވުމާއެކު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިކަމާއި ބެހޭގޮތުން ދަރްމާ ޕޮރޮޑަކްޝަން އިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.