ނައިފަރުގެ ފެނާއި ނަރުދަމާގެ މައްސަލަ މަޖިލީހަށް

ނައިފަރުގެ ފެނާއި ނަރުދަމާގެ މައްސަލަ މަޖިލީހަށް

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2020 08:29
0

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިމުގައި ޅ.ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތުގެ %85 މަސައްކަތް ނިމިފައިވަނިކޮށް މަސައްކަތް މިސަރުކާރުން ހުއްޓުވައި އިތުރަށް މަސައްކަތް ކުރިއަށްދާނެ އެއްވެސް ގޮތެއް ނުވާތީ އެރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނައިފަރު ދާއިރާގެ މެމްބަރު މިމައްސަލަ ހައްލުކޮށް ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާގައި އިއްވުމަށް ވަނީ އެޖްންޑާކޮށްފައެވެ.

މިމައްސަލާގައި މިއަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ. އެދުވަހުސް މިނިސްޓަ އަސްލަމް ވިދާޅުވީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ 3 ފަހަރެއްގެ މަތިން އިތުރަށް ވަގުތު ދީފައިވާކަމަށެވެ. އެގޮތުން ކޮންޓްރެކްޓް ކުރި މުއްދަތަށްވުރެ އިތުރަށް 279 ދުވަސް ދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަމަށް ކަނޑައަޅާ މިހާރު މަސައްކަތް ކުރިން ޙަވާލުކުރި އިންޑިއާގެ ލަކީ ހިޔާ އެކްސްޕޯޓް ކުންފުންޏާއެކުވެފައިވާ އެއްބަސްވުން އުވާލާފައިވާކަމަށް ޕްލޭނިންގ މިނިސްޓަރވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދާތީ އެރަށުގެ ރަށްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި މިހާރުވެސް ސޯޝަލް މީޑިޔާގައި ދަނީ މިކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ޅ.ނައިފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށް ބަޔަކު ހޯދުމަށް ޢިއުލާންކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މިމަޝްރޫޢުގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫންމަހުއެވެ. މިމަޝްރޫޢުގެ ދަށުން ނައިފަރުގައި ނަރުދަމާ ވިޔުގަ ޤާއިމުކުރުމާއި، ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއި އަދި ފެނުގެ ވިޔުގަ އެޅުމާއި، ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް އޭރުވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.