ކޯވިޑްގެ ހާލަތު ގޯސްވެ، އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެއްޖެ

ކޯވިޑްގެ ހާލަތު ގޯސްވެ، އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެއްޖެ

Author
ހުސެއިން
22 އޭޕްރިލް 2021 07:34
0

ދުނިޔޭގަ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ކަމުގައިވާ އިންޑިއާގައި ކޯވިޑް19ގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވެ، އެދުމަތި ކުރަންޖެހޭ މީހުންގެ އަދަދު، ގިނަވުމުގެ ސަބަބުން، އެނދުތައް ފުރި، ބައެއް ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ.

އިންޑިއާއިން ވަނީ، ބުރާސްފަތި ދުވަހު މުޅި ގައުމުގައި ޖުމްލަ 314،000 މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ކޯވިޑް19 އަށް މީހުން ޕޮޒިޓިވް ވުމުގެ ރެކޯޑް މުގުރާލާފައެވެ.

ފާއިތުވެދި 24 ގަޑިއިރު، ކޯވިޑް19އަށް އިންޑިއާއިން ޕޮޒިޓިވް ވެފައިވާ މީހުންނާ އެކީ، ސިއްޙީ ކާރިސާ ދުނިޔޭގައި ފެށުނު ދުވަހުން ފެށިގެން މިބައްޔަށް ޕޮޒިޓިވެ ވީ މީހުންގެ އަދަދި އިންޑިއާގައި މިހާރު ވަނީ 15.9 މިލިއަނަށް އަރާފައެވެ.

ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، އިންޑިއާގައި އާދަޔާ ޚިލާފަށް ކޯވިޑް19 ފެތުރެމުން މިދަނީ ޑަބަލް މިއުޓެންޓް ވޭރިއެންޓް (އަސްލު ވައިރަހުގެ ޑީއެންއޭއަށް ދެވަނަ ފަހަރަށް ބަދަލު އައުމުގެ ސަބަބުން އުފެދޭ އާވައިރަސް)ގެ ސަބަބުންނެވެ.

ފާއިތު ވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާގައިވަނީ ރެކޯޑް އަދަދަކަށް، މިީހުންވެސް މަރުވެފައެވެ. މިގޮތުން، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް އެކަނިވެސް އިންޑިއާގެ އެކި ކަންކޮޅުތަކުން ކޯވިޑް19އަށް ޕޮޒިޓިވް ވެގެން 2104 މީހަކު ވަނީ މަރުވެފައެވެ.

ކޯވިޑް ބަލީގައި މަރުވި މީހެއްގެ ހަށިގަޑު ސަލާމަތީ ފިޔަވަޅުތަކާއެކު، އާއިލާގެ މީހުންގެ ހާޒިރުގައި އަންދާލަނީ

އިންޑިއާގެ ހެލްތު މިނިސްޓަރީން މަޢުލޫމަތު ދޭގަޮތުގައި، މިހާތަނަށް އިންޑިއާގަި ކޯވިޑް19އަށް ޕޮޒިޓިވް ވެގެން 184,657 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާގައި އާދަޔާ ޚިލާފަށް ކޯވިޑްގެ ހާލަތު ގޯސްވެގެން ދިއުމާ ގުޅިގެން، އެގައުމުގެ ބޮޑުވަޒީރު، ކެމްޕޭން ދަތުރެއްގައި ވެސްޓް ބެންގާލަށް ކުރަން ހަމަޖެހިފައި އޮތް ދަތުރުވެސް ވަނީ ކެންސަލް ކޮށްފައެވެ.

އިންޑިއާގައި ކޯވިޑް19ގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވެގެން ދިއުމާގުޅޮގެން، ކޯވިޑް19 އާއި ދެކޮޅަށް އެގައުމުގެ ކުރަމުންދާ ހަގުރާމައަށް އެހީތެރިކަން ފޯރުކޮށް ބޭނުންވާކަން މިހާރު ޗައިނާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.