ނަޝީދުގެ ހަމައެކަނި ބޭނުމަކީ މި ފަސް އަހަރުތެރޭ ބަރުލަމާނީ ނިޒާމު ގެނައުން: ލަތީފު

ނަޝީދުގެ ހަމައެކަނި ބޭނުމަކީ މި ފަސް އަހަރުތެރޭ ބަރުލަމާނީ ނިޒާމު ގެނައުން: ލަތީފު

Author
ހުސެއިން
15 އޭޕްރިލް 2021 08:00
0

ނަޝީދުގެ ބޭނުމަކީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް މި ވޭތުވެދާ 5 އަހަރު ދުވަސް ނިމިގެން ދިއުމުގެ ކުރިން ރާއްޖޭގަ މިހާރު އޮތް ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކޮށް މިގައުމަށް ބަރުލަމާނީ ނިޒާމެއް ގެނައުން ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްލަތީފު މުހައްމަދު ވިދާޅު ވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލަތީފު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކައުންސިލެއްގެ މެޖޯރޓީ ނަޝީދު ބޭނުންވީ، އެ ކައުންސިލަރުން ލައްވާ މަސައްކަތް ކުރުވައިގެން، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ މިދައުރު ނިމުމުގެ ކުރިން މިރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުން ކަމަށެވެ.

އެހެންންނަމަވެސް، ލަތީފު ވިދާޅުވެފައިވަނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ޚުދު ރައީސް އިބުރާހިމް މުހައްމަދު ސޯލިހުވެސް، މިރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދަށް ފުރުސަތު ދެއްވާކަށް ބޭނުންފުޅު ވެވަޑައެއް ނުގަންނަވާނެއެވެ.

ލަތީފު ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެމްޑީޕީތެރޭގައިވެސް މިމައްސަލާގައި ވަރަށް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިގެން ގޮސްފައިވާ ކަމަށާއި، އެމްޑީޕީގެ މަޖިލިސް ގިނަ މެމްބަރުންވެސް ނަޝީދަށް މިފިރުސަތު ދޭން ބޭނުން ނުވާކަމަށެވެ.

ލަތީފު ވިދާޅުވި ގޮތުގައި، ވޯޓު ހޯދަން ދިވެހިތަކެއްގެ ކައިރިއަށް ގޮސްގެން ދެން ނަޝީދަށް އިތުރަށް ލިބޭނެ ވޯޓެއް ނެތްކަން ނަޝީދަށް ރަގަޅަށް އެގިވަޑައިގަންނަވާ ކަމަށާއި، އަދި އަބަދުވެސް އެހެންމީހުންގެ އަބުރު ކަތިލާގައި، ހަޑިހުތުރު ބަސްތަކުން އަނެކުންނަށް ވަނަމުން ގޮވާ، އަބުރަށް އަރައިގަނެގެން ނަޝީދު ކުރަމުންދާ ކަންކަން މިހާރު ދިވެހިން ބަލައި ނުގަންނަކަން މި އިންތިޚާބުން ވަރަށް ރަގަޅަށް އެގިގެން ހިގައްޖެ ކަމަށެވެސް ލަތީފު ވިދާޅުވިއެވެ.

ލަތީފު ވިދާޅުވި ގޮތުގައި، ފާއިތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ސާފުވެގެންދިޔަ ކަމަކީ، ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން، ރައީސް ޔާމިން މިނިވަން ކުރަން އެދޭކަން ކަމަށާއި، އަދި ޕީޕީއެމްގެ ކައުންސިލެއްގައި މާލެ ސާފުތާހިރު ރީތި ސިޓީއަކަށް ވެގެން ދާނެކަމުގައެވެ.

ލަތީފުއަކީ، ރައީސް ޔާމިންގެ ސަރުކާރުގައި، އޭރުގެ ސަރުކާރާ ދެކޮޅަށް މަޖިލީހުގައި މަސައްކަތްކުރި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނެވި މެމްބަރެކެވެ. އެހެންނަމަވެސް މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމްއާ އެކީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހައްލާ
ފުނަމާ ލަތީފަކީ ޜީލޯޑު ކުރެވޭ މީހެއް