ލައިވްބްލޮގް: ލޯކަލް ކައުންސިލް އިންތިހާބު 2020

ލައިވްބްލޮގް: ލޯކަލް ކައުންސިލް އިންތިހާބު 2020

Author
މުޙައްމަދު ޝަޒައިމް
10 އޭޕްރިލް 2021 08:30
0

މުޢިއްޒު ހޯއްދެވި ކާމިޔާބީ އަށް ވާދަވެރި ކެނޑިޑޭޓް މަރުހަބާ ވިދާޅުވެއްޖެ.  ވިދާޅުވީ މާލޭ ރައްޔިތުންގެ ތާއިދު އަލުން ހޯދުމަށް އެމްޑީޕީގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށް.

April 11, 2021 12:45 am

މާލޭގެ މޭޔަރު ސިފާ މުޙައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

April 11, 2021 12:43 am

މާލޭ ސިޓީގެ މުހިންމު ގިނަ ގޮޑިތަކެއް ޕީޕީއެމްއިން ކާމިޔާބު ކުރާނެ ކަމަށް، މިހާރު ގުނެމުންދާ ވޯޓުގެ ނަތީޖާއިން ދައްކަން ފަށައިފި.

April 10, 2021 9:27 pm

ހުޅުމާލެ ދާއިރާގެ ގޮޑި ތަފާތު ބޮޑުކޮށް، ޕީޕީއެމްގެ ކެނޑިޑޭޓް ޝުޖާ ކާމިޔާބު ކުރާނެކަމަށް ގުނެމުންދާ ވޯޓުގެ ނަތީޖާއިން ދައްކަން ފަށައިފި.

 

April 10, 2021 9:21 pm

މާލޭ ސިޓީގެ މޭޔަރުކަން ބޮޑު ތަފާތަކުން މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށް ޔަގީނާ ގާތަށް ބެލެވެން ފަށައިފި.

April 10, 2021 8:56 pm

އައްޑޫ މޭޔަރކަން ކުރީގެ މެމްބަރު ނިޒާރު ކާމިޔާބު ކުރާނެކަމަށް، މިހާތަނަށް ލިބެންހުރި ނަތީޖާތަކުން ދަކަން ފަށައިފި.

April 10, 2021 8:44 pm

މިއަދު ބޭއްވުނު ކައުންސިލް އިންތިހާބުގެ ނަތީޖާތައް ބައެއް ސަރަހައްދުތަކުގައި، އިއުލާންކުރަން ފަށައިފި. މިހާތަނަށް ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ އަނަސް އަބްދުއްސައްތާރާއި ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު އުޅެނީ ވަރަށް ވާދަވެރިކޮށް. ބައެއް ފޮށިތަކުގެ ނަތީޖާތަކުން މުއިއްޒު ވަނީ އަނަސް އަބުދުއްސަތާރުއަށްވުރެ ކުރާީގައިކަން ފާހަގަ ކޮށްލެވެ.

April 10, 2021 8:27 pm

ގިނަ ސަރަހައްދެއްގައި މިހާރު ވޯޓު ގުނަން ފަށާފައި ވާއިރު، ގިނަބަޔަކު އިންތިޒާރު ކުރަމުންދަނީ ބޮޑެތި ބައެއް ސިޓީތަކުގެ ވޯޓުގެ ނަތީޖާއަށް.

ތިރީގައި މިވަނީ ޕާޓީތަކުން ކުރިމަތި ލާފައިވާ ކެނޑިޑޭޓުންގެ އަދަދުގެ ތަފްސީލުތައް

ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން

  • އެމްޑީޕީ – 826 ކެންޑިޑޭޓުން
  • ޕީޕީއެމް – 647 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ – 115 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ – 28 ކެންޑިޑޭޓުން
  • އެމްޑީއޭ – 20 ކެންޑިޑޭޓުން
  • އެމްއާރްއެމް – 15 ކެންޑިޑޭޓުން
  • އެމްއެލްއެސްޑީޕީ – 4 ކެންޑިޑޭޓުން
  • ޑީއާރުޕީ – 1 ކެންޑިޑޭޓް
  • އަމިއްލަ ގޮތުން – 609 ކެންޑިޑޭޓުން

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު

  • އެމްޑީޕީ – 650 ކެންޑިޑޭޓުން
  • ޕީޕީއެމް – 499 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ – 46 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ – 25 ކެންޑިޑޭޓުން
  • އެމްޑީއޭ – 19 ކެންޑިޑޭޓުން
  • އެމްއާރްއެމް – 4 ކެންޑިޑޭޓުން
  • އަމިއްލަ ގޮތުން – 427 ކެންޑިޑޭޓުން
April 10, 2021 8:09 pm

523 ވޯޓު ފޮއްޓެއް ބަންދުކޮށް، 53 ވޯޓު ފޮއްޓެއް ގުނަން ފަށައިފި.

April 10, 2021 7:25 pm

އޮރުއޮއްސި7 ޖެހުމާ ހަމައަށް 523 ވޯޓުފޮށި ބަންދުކޮށްފި. އިންތިހާބުގައި ބެހެއްޓީ ވޯޓުފޮށިތަކުގެ ޖުމްލަ އަދަދަކީ 713. އަދި 53 ފޮށީގެ ވޯޓު ވަނީ މިހާރު ގުނަން ފަށާފަ.

April 10, 2021 7:17 pm

ގިނަ ފޮށިތައް ބަންދު ކޮށްފައިވާއިރު، 53 ފޮއްޓެއްގެ ވޯޓު މިހާރު އަންނަނީ ގުނަމުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި.

April 10, 2021 7:13 pm

ގިނަ ރަށްރަށުގައި ވޯޓު ގުނަން ފަށައިފި.

April 10, 2021 6:59 pm

ވިލުފުށީގައި ވޯޓުލުން ނިމޭ ގަޑީއަކީ 9:50 ކަމުގައި ކަޑައަޅައިފި.

April 10, 2021 6:56 pm

ގިނަ ވޯޓު ފޮށިތައް ބަންދު ކުރިއިރު، ޖުމްލަ 63.67 އިންސައްތަ މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަންސް މޮކިޝަނުން ބުނެފި.

April 10, 2021 6:46 pm

ކިއު ބަންދު ކުރުމުގައި އޮޅުންތަކެއް އަރާފައިވާ ކަމަށާއި، އެހެންނަމަވެސް މިހާރު މައްސަލަ ވަނީ ހައްލުކޮށްފައި – ހަބީބު

April 10, 2021 6:38 pm

ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލުން މިރޭ 21:50 އާ ހަމައަށް ވަގުތު އިތުރު ކޮށްފި.

 

April 10, 2021 6:26 pm

އިރު އޮއްސި 6 ޖެހުމާއެކު ގިނަ ރަށްރަށުގެ ވޯޓުލާ މަރުކަޒުގެ ކިއުތައް ވަނީ ބަންދު ކޮށްފަ. ކިއުތަކުން މީހުން ވޯޓުލާ ނިމެންދެން ވޯޓުން ކުރިޔަށް ދާނެ.

April 10, 2021 6:19 pm

ވިލިމާލޭގަ ހުންނަ މުހުޔިއްދީން ކައިން ހައްޔަރު ކުރި މީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ފުލުހުން ބުނެފި. އަދި އާއިލާއާ ވާހަކަ ދެއްކުމަށް ފަހު އެ މީހާ ދޫކޮށްލާނެ ކަމަށް ފުލުހުން ވަނީ ބުނެފަ.

April 10, 2021 6:07 pm

ވޯޓުލާ މަރުކަޒަކުން މީހަކު ހައްޔަރުކޮށްފި. ހައްޔަރު ކޮށްފައިވަނީ، ވިލިމާލޭގައި ހުންނަ މުހިއްދީން ސްކޫލުންގައިކަމަށް މައުލޫމާތު ލިބެ. އެހެންނަމަވެސް ހައްޔަރު ކުރި ސަބަބެއް ސާފެއް ނުވޭ.

April 10, 2021 6:05 pm

ބައެއް ރަށްރަށުގެ ކިއު ބަންދު ކުރަން ފަށާފައި ވާއިރު، މިހާރު ވޯޓު ނުލާތިބީ 43 އިންސައްތަ ރައްޔިތުން.

April 10, 2021 5:13 pm

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވި ގޮތުގައި މިއަދު ހަވީރު 4:40 ވީ އިރު 56.82 ޕަސަންޓު ރައްޔިތުން ވޯޓުލާފައިވާކަމަށް. އެއީ ޖުމްލަ 155،192 ރައްޔިތުން.

އިންތިހާބުގައި ޖުމްލަ 701 ވޯޓު ފޮށި ބަހައްޓާފައިވޭ. އެއީ؛

މާލެ ސީޓީ – 242 ފޮށި
އަތޮޅުތަކަށް – 325
ރިސޯޓު – 137
ޖަލު – 4
އިންޑިއާ – 1
ލަންކާ – 4
ވޯޓުލުމުގެ ހައްގު ލިބިގެންވަނީ: 273،182 މީހުންނަށް.

ކައުންސިލްތަކަށް 2،234 ކެންޑިޑޭޓުން އިންތިޚާބު ކުރެވިގެން ދާނެ.

April 10, 2021 5:06 pm

އިދިކޮޅު ކޯލިޝަންގެ ޕްރެސް ކޮންފަރެންސް: އިދިކޮލު ކޯލިޝަނުން ވަނީ ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން މިއަދު ވެސް ކެމްޕޭން ކުރެއްވި ކަމުގެ ތުހުމަތުކޮށްފައި.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ވެސް ނުސީދާކޮށް ކެމްޕެއިން ކުރެއްވި ކަމަށް، އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފަ.

April 10, 2021 4:15 pm

April 10, 2021 4:03 pm

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މިހާތަނަށް ބަންދު ކޮށްފައިވަނީ އެންމެ ވޯޓުފޮއްޓެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ.

April 10, 2021 4:02 pm

138،000 އަށްވުރެ ގިނަ މީހުން ވޯޓު ލައިފި.

April 10, 2021 3:56 pm

މާލެއަތޮޅު ދިއްފުށީގައި ވޯޓު ލާންޖެހޭ މީހުންގެ އަދަކީ 710 މީހުންކަމަށް ވާއިރު، 510 މީހުން ތިބީ ކަރަންޓީނުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.

April 10, 2021 3:36 pm

ވޯޓުލާ މަރުކަޒެއްކަމުގައިވާ ޢިޔާސުއްދީން ސްކޫލު ތެރޭގައި އެލުވާފައި އޮތް ދޮންކެޔޮ ގަނޑެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

April 10, 2021 3:17 pm

ވީހާ ވެސް ތޮއްޖެހުން ކުޑަވާނެ ގޮތަށް ގިނަ ބަޔަކު ވޯޓުލާން ދާން އެޗްއާރުސީއެމުން އެދިއްޖެ.

April 10, 2021 3:09 pm

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އަލްހާން ފަހުމީ ވޯޓު ލައްވައިފި.

April 10, 2021 2:49 pm

ހަވީރުވާން ފެށުމާއެކު، ވޯޓުލާ މަރުކަޒުތައް ތޮއްޖެހެން ފަށައިވި.

April 10, 2021 2:39 pm

ވޯޓުލާން އެއްވެސް ގައުދީއަކު މާލެ ގެނައުމަށް ހަމަޖެހިފައި ނުވާކަމަށް ކެރެކްޝަންސްއިން ބުނެފި. ރައީސް ޔާމިން ހުންނެވީ މާފުށީ ޖަލުގަ، އެހެންނަމަވެސް ޖަލުގަ ވޯޓު ލެއްވުމަށް ރަޖިސްޓަރ ކުރައްވާފައެއް ނުވޭ.

April 10, 2021 2:28 pm

ވޯޓު ލެއްވުމަށް ފަހު، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މިހާރު މި އޮތީ އެ ރަށެއްގެ ރައްޔިތުންނަށް އެރަށެއްގެ ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ފަހިވެފަ ކަމަށް. އެހެންކަމުން ރައްޔިތުން އެރައްޔިތުންގެ ޒިންމާ އަދާކުރުމާއި ރައްޔިތުންގެ ބަސް ބުނުމަށްޓަކައި، ވޯޓުލުމުގެ ހައްގު އަދާކުރުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި. އަދި މިފަދަ ޕެންޑަމިކެއްގެ ތެރެއިންވެސް ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށް އިލެކްޝަން ކޮމިޝަނުން ފަހިކޮށްދީފައި ވާ އިންތިޒާމްތައް ފައިސަލް ފާހަގަ ކުރެއްވި.

April 10, 2021 2:24 pm

ނައިބުރައީސް ފައިސަލް ނަސީމް ވޯޓް ލައްވާފައި ވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބަހައްޓާފައި ވާ ޓެންޓުގައި ފުވައްމުލައް ސިޓީގެ މީހުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ފޮއްޓަށް.

April 10, 2021 2:19 pm

އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އަލީ ނިޒާރު ވޯޓު ލައްވައިފި.

April 10, 2021 2:16 pm

ނާއިބު ރައީސް ފައިސަލް ނަސީމު ވޯޓު ލައްވައިފި.

 

April 10, 2021 2:13 pm

ވޯޓުލާން ފެށިތާ 7 ގަޑިއިރު، 100،829 މީހުން ވޯޓު ލައިފި. ވޯޓު ލުމުގެ ހައްގު ލިބިފައިވާ 273،128 މީންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވޭ.

April 10, 2021 2:05 pm

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމަށް ތ. ވިލުފުށީގައި ބަހައްޓާފައިވާ 2 ފޮށްޓަށް ވޯޓުލާން ފަށައިފި.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވީ ވިލުފުށީގެ 2 ފޮށީގެ ވެސް ގިނަ އޮފިޝަލުން ކަރަންޓީންވާންޖެހި އެ ރަށުން އިތުރު އޮފިޝަލުން ނުލިބުމާއި ގުޅިގެން މާލެއިން އެރަށަށް އޮފިޝަލުން ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އެ ރަށުގައި ވޯޓުލުން ފެށޭނީ މާލެއިން ދާ އޮފިޝަލުންނަށް އެރަށަށް ދެވުމުން ކަމަށް.

April 10, 2021 1:51 pm

ވޯޓު ދެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުން، ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ގިނަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށް.

April 10, 2021 1:38 pm

ކިއު ނެތް ވޯޓުލާމަރުކަޒުތައް 18:00 ގައި ވޯޓުލުން ބަންދު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި.

April 10, 2021 1:36 pm

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވޯޓު ލައްވައިފި. ވޯޓު ލައްވާފައިވަނީ ގަލޮޅު ދަނޑުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް.

April 10, 2021 1:34 pm

މިހާތަނަށް 32 އިންސައްތަ މީހުން ވޯޓު ލައިފި. މިއީ ގާތްގަނޑަކަށް 86،000 މީހުން.

April 10, 2021 1:22 pm

ވޯޓުލާން ފެށިތާ 5 ގަޑިއިރު. ވޯޓުލާން ދާ މީހުންގެ އަދަދު އިތުރުވާން ފަށައިފި.

April 10, 2021 12:57 pm

ޑރ. މުއިއްޒުއަށް ވޯޓު ނުލައްވަން ރައީސް ޔާމިން ނިންމަވާފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ރިޕޯޓު ކޮށްފައިވާ ޚަބަރު ޕީޕީއެމްއިން ދޮގުކޮށްފި.

April 10, 2021 12:38 pm

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި2000 އަށް ވުރެ ގިނަ ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުން.

April 10, 2021 12:34 pm

ވޯޓުލާ މަރުކަޒު ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ވޯޓުލާ މަރުކަޒު ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން

April 10, 2021 12:30 pm

ވޯޓުލާ މަރުކަޒު ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ވޯޓުލުމަށްދާ އުމުރުން ދުވަސްވީ މީހުންނަށާއި ބަލި މީހުންނަށް ފުލުހުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުން.

April 10, 2021 12:28 pm

ވޯޓު ލުމުގެ ފުރުސަތު ރައީސް ޔާމީނަށް ސަރުކާރުން ދީފައި ނުވާ ކަމަށް ޖަމީލް ވިދާޅުވެއްޖެ.

April 10, 2021 12:22 pm

ގދ. ގައްދޫގައި ސްޓޭމްޕް ނުޖަހައި ބައެއް ވޯޓު ކަރުދާސްކޮޅު ދޫކުރެވުމުން ހިތްހަމަނުޖެހުން ބޮޑުވެ ވޯޓު ވިއްސަކަށް މިނެޓަށް މެދުކަނޑާލަން ޖެހުނު.
އޭރު ބައެއް ކަރުދާސްތައް ހުރީ ފޮއްޓަށް ލާފައި. އެ ރަށުގެ ވޯޓު މަރުކަޒަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ވޯޓު ފޮށީގެ ވެރިޔާ ނިންމީ ސްޓޭމްޕް ނުޖަހައި ލެވުނު ކަރުދާސްތައް ބާތިލްނުވާނެ ކަމަށް. މިގޮތަށް ނިންމުމުން އެ ރަށުގައި ވޯޓުލުން އަލުން ވަނީ ފަށާފައި.

April 10, 2021 12:13 pm

މިނިިސްޓަރ ޔުމްނާ މައުމޫނު ވޯޓު ލައްވައިފި.

April 10, 2021 12:08 pm

ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ވޯޓު ލައްވައިފި.

April 10, 2021 11:58 am

އިންތިޚާބުގައި ވޯޓުލާ މަރުކަޒުތައް 90 އިންސައްތަ ރައްކާތެރި ވާނެ: އިލެކްޝަންސް

April 10, 2021 11:55 am

މިހާތަނަށް އަދި ވޯޓު ލާފައިވަނ ީ17 އިންސައްތަ މީހުން: އިލެކްޝަންސް

April 10, 2021 11:31 am

އިންތިހާބު އަދާހަމަ: މިހާތަނަށް 40،000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި: އިލެކްޝަންސް

April 10, 2021 11:29 am

ވޯޓުލާނެކަމަށް ބެލެވެނީ %40 މީހުންކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފި.

April 10, 2021 11:18 am

ވޯޓުލެއްވުމަށްފަހު މީޑިއާތަކާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އެމްޑީޕީން މި އިންތިހާބު ކާމިޔާބު ކުރާނެކަމުގެ އެއްވެސް ޝައްކެއް ނުކުރައްވާ ކަަމަށް.

April 10, 2021 11:09 am

ވޯޓު ލެއްވުމަށްފަހު، ރައީސް ސޯލިހު ވަނީ ވީހާވެސް ގިނަ ރައްޔިތުން ވޯޓުލާން ނިކުތުމަށް އިލްތިމާސް ކުރައްވާފައި، އަދި ވިދާޅުވީ މެންދުރުފަހު ގިނަ ރައްޔިތުންތަކެއް ވޯޓުލުމަށް ނުކުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް.

April 10, 2021 10:52 am

ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފި. ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް.

April 10, 2021 10:47 am

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން، ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް މާފުށީ ޖަލަށް ރަޖިސްޓްރީ ވެވަޑައެއް ނުގަންނަވާ. ރައީސް ޔާމިންގެ ނަންފުޅު އޮތީ މައްޗަންގޮޅި މެދު-1 ފޮށީގެ ލިސްޓުގައި.

ޚާއްސަ އިންތިޒާމްތަކެއް ވޯޓު ލުމަށް ރައީސް ޔާމިނަށް ހަމަޖައްސާފައިވާ ކަމެއް އަދި ސާފު ވެފައެއް ނުވޭ.

April 10, 2021 10:43 am

ވޯޓު ލެއްވުމަށް ޖަމާލުއްދީން ސްކޫލަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވަޑައިގެންވި.

April 10, 2021 10:41 am

އެޑިއުކޭޝަން މިނިސްޓަރ ވޯޓު ލައްވައިފި.

April 10, 2021 10:38 am

ރާއްޖެއިން ބޭރުގައި ވެސް އިންތިހާބުގެ ވޯޓުލުން ދަނީ ކުރިޔަށް.

ސްރީލަންކާގައި 4ވޯޓު ފޮށި ބަހައްޓާފައިވާއިރު އިންޑިއާގައި 1ވޯޓުފޮށީ ބަހައްޓާފައިވޭ.

April 10, 2021 10:35 am

ކުރީގެ ރައީސް ޑރ. ވަހީދު ވޯޓު ލައްވައިފި.

ވޯޓު ދެއްވުމަށް ފަހު ކުރީގެ ރައީސް ޑރ، މުހައްމަދު ވަހީދު ވަނީ ހުރިހާ ބޭފުޅުންވެސް ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެދިވަޑައިގެންފައި.

April 10, 2021 10:28 am

އިންތިހާބުގެ ވޯޓުލުން ޖަލުތަކުގައި ބަހައްޓާފައިވާ ވޯޓުފޮށިތަކުގައި ފެށިގެން ކުރިއަށްއެބަދެ ެއެވެ. ޖަލުތަކުގައި ތިބި ގައިދީންނަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށްޓަކައި މި އިންތިހާބުގައި 360 އަށްވުރެ ގިނަ ޕްރިޒަން އޮފިސަރުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

April 10, 2021 10:24 am

ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވަން ހަމަޖެހިފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް.

ވޯޓު ލައްވަން ވަޑައިގަންނަވާނީ ހެދުނު 10:30 ގައި.

April 10, 2021 10:21 am

ޑިފެންސް މިނިސްޓަރ މާރިއާ ވޯޓު ލައްވައިފި.

April 10, 2021 10:03 am

އިއްޔެ އާ ހަމައަށް، ކޮވިޑް-19 އަށް ޕޮޒިޓިވްވެގެންނާއި، ޕޮޒިޓިވް މީހަކާ ކޮންޓެކްޓުވެގެން، 75 ރަށެއްގައި ޖުމްލަ 782 މީހުން ކަރަންޓީނުގައި ތިބި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދޭ.

April 10, 2021 9:58 am

ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓުލުން ފެށިގެން ކުރިޔަށް ދާއިރު، ކޯވިޑް19 ފެތުރެމުން ދިއުމުގެ ސަބަބުން 10 ރަށެއް ވަނީ ލޮކްޑައުން ކުރެވިފައި.

އެ ރައްތަކަކީ:

  • ކ. ހުރާ
  • ކ. ދިއްފުށި
  • ޅ. ނައިފަރު
  • ޅ. ފެލިވަރު
  • ޅ. ހިންނަވަރު
  • ޅ. ކުރެންދޫ
  • ޅ. އޮޅުވެލިފުށި
  • އދ. މާމިގިލި
  • ތ. ވިލުފުށި
  • ތ. ވޭމަންޑޫ
April 10, 2021 9:55 am

ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ ކަމުގައިވާ ކުޅުދުއްފުށީގައި 13 ވޯޓު ފޮއްޓެއް ބެހެއްޓިފައި ވާއިރު، އެ ސިޓީގައިވެސް ވޯޓުލުން އަދި ނިކުމެފައިވަނީ މަދުބައެއް.

April 10, 2021 9:53 am

މި އިންތިހާބުގައި ސްރީލަންކާގައި ހަތަރު ވޯޓު ފޮށި އަދި އިންޑިއާގައި އެއް ވޯޓްފޮށި ބަހައްޓާފައި ވެއެވެ. ލަންކާގައި 4 ފޮށިވެސް ބަހައްޓާފައިވަނީ ކޮލަމްބޯގަ އެވެ. އަދި އިންޑިއާގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ޓްރިވެންޑްރަމްގަ އެވެ.

April 10, 2021 9:40 am

އިސީ ޝަރީފް ވޯޓު ލައްވައިފި.

April 10, 2021 9:37 am

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވޯޓު ލައްވައިފި.

April 10, 2021 9:34 am

ލަންކާ އަދި އިންޑިއާގައިވެސް މިހާރު ވޯޓުލުން ފެށިގެން ކުރިޔަށް ދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.

April 10, 2021 9:28 am

ވޯޓުލުން ކުރިޔަށް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކީ.

April 10, 2021 9:24 am

"ބުލޫރޭދ2021ގެ ނަމުގައި، ވޯޓުލުން ފެށިގެން މިހާރު ކުރިޔަށް ލޯކަލް ކައުންސިލް އިންތިޚާބުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 ފުލުހުން މަސައްކަތް ކުރަމުން ދާކަމުގައި ފުލުހުންގެ ފަރާތުން ބުނެފި.

އަދި ފުލުހުންގެ ފަރާތުން ހާމަ ކޮށްފައިވަނީ، މިހާތަނަށް އަދި އެއްވެސް ހިސާބެއްގައި ހަމަނުޖެހުމެއް ހިގާފައި ނުވާކަމަށް.

April 10, 2021 9:00 am

އެމްޑިޕީގެ ޓިކެޓުގައި ހެންވޭރު ހުޅަގުދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓު ފެންވިލަ އައިސްތު ވޯޓު ލައްވަނީ.

April 10, 2021 8:56 am

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވޯޓުލުން ކުރިޔަށް ދަނީ އޮމާންކޮށް ކަމަށާއި އަދި އެއްވެސް ހިސާބެއްގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިގާފައި ނުވާކަމަށް ފުލުހުން ބުނެފި.

April 10, 2021 8:53 am

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވެފައިވަނީ، ގިނަ ފޮށިތަކުގައި ވޯޓުލާން ނުފެށިފައިވަނީ، އެ ފޮށިތަކަށް ވޯޓުލާނެ މީހުން ނެތިގެން ކަމަށް. ބައެއް ތަޖުރިބާ ކާރުން ކުރިން ވިދާޅުވެފައިވަނީ، ކޯވިޑް19ގެ ނުރައްކަލުގެ ސަބަބުން މިއިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް.

April 10, 2021 8:48 am

ސްރީލަންކާގެ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ކުރިޔަށް ދަނީ. ސްރީލަންކާއަކީ، ރާއްޖެއިން ބޭރުގައި، އެންމެ ބޮޑު ދިވެހި އާބާދީއެއް އޮންނަ ގައުމު.

April 10, 2021 8:45 am

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަނީ 2،234 ކެންޑިޑޭޓުން. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1،580 ކެންޑިޑޭޓުން. ވޯޓު ދިނުމުގެ ހައްގު 273،128 މީހަކަށް މި އިންތިޚާބުގައި ލިބިފައިވޭ.

April 10, 2021 8:41 am

އައްޑޫސިޓީ ހިތަދޫ ސްކޫލުގައި ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ.

April 10, 2021 8:40 am

ފާއިތުވެދިޔަ ދޮޅު ގަޑިއެއްހާއިރު ތެރޭގައި 2،718 މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.

April 10, 2021 8:37 am

ޅ. ހިންނަވަރުގައި ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ.

April 10, 2021 8:33 am

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ކުރިޔަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ވޯޓު ލުމަށްޓަކާ ޖުމްލަ 713 ވޯޓު ފޮއްޓެއް ބެހެއްޓިފައިވާއިރު، ވޯޓުލާން ހުޅުވާލުމަށްފަހު، ފާއިތުވެދިޔަ ދޮޅު ގަޑިއެއް ހާްއިރު ތެރޭގައި ވޯޓު ލާން ފެށިގައިވަނީ 518 ވޯޓު ފޮއްޓެއްގައި ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަ ކޮށްފައި.

April 10, 2021 8:28 am

މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓު އަސް އަބުދުއްސައްތާރު ވޯޓު ލައްވަނީ. އަނަސް ވޯޓު ލައްވާފައިވަނީ، މާފަންނު ހިރިޔާ ސްކޫލުގައި ބެހެއްޓިފައި ހުރި ވޯޓު ފޮއްޓަށް.

ީ.

April 10, 2021 8:23 am

މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެންމެ ވޯޓު ލައްވާފައި. މުއިއްޒު ވޯޓު ލެއްވީ ފެކަލްޓީ އޮފް ހެލްތު ސައިންސްގައި ބަހައްޓާފައިވާ މާފަންނު ދެކުނު ދާއިރާގެ ފަސް ނަންބަރު ފޮއްޓަށް.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިދިކޮޅު ކެނޑިޑޭޓު ވޯޓު ލައްވަނީ
April 10, 2021 8:21 am

އެމްޑިޕީން މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓު އަސް ވޯޓު ލައްވައިފި

April 10, 2021 8:12 am

ގއ. ވިލިނގިލީގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ.

April 10, 2021 8:06 am

ޝަރީފް ދާދި ދެންމެއަކު ކުރައްވާފައި ޓުވީޓެއްގައި ވާގޮތުން ވޯޓު ލުމަށް ޖުމްލަ 713 ފޮއްޓެއް ބެހެއްޓިފައި ވާއިރު، 366 ފޮއްޓެއްގައި މިހާރު ވަނީ ވޯޓުލާން ފެށިފަ.

ވޯޓުލުން ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުން މިއަދުގެ ހެނދުނު 7 އިން ހަވީރު 5 އަށް. ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި މީހުން ވޯޓުލާން ހާއްސަ ގަޑިއަކީ ހަވީރު 5 އިން 6.

April 10, 2021 8:01 am

ދިގު ކިއުތައް ހަދާ މާލޭގެ ވޯޓުލާ މަރުކަޒުތަކަށް ހެނދުނު ހެނދުނާ މީހުން މިހާރުވަނީ ޖަމާ ވާން ފަށާފަ. ރާއްޖޭގެ ގިނަ ރަށްރަށުގައިވެސް މިހާރު ވޯޓުލުން ފެށިގެން ކުރިޔަށް ދާކަމަށް އެކި ރައްތަކުން މައުލޫމާތު ލިބެމުން ދޭ.

April 10, 2021 7:49 am

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލާން ފަށައިފި.

 

April 10, 2021 7:34 am

April 10, 2021 7:17 am

ތަޖުރިބާރުން ބުނަނީ އެހެން އަހަރުތަކާ ހިލާފަށް ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މަދުވުން އެކަށީގެންވާ ކަމަށް.

April 10, 2021 7:16 am

ކޮވިޑް19 އާ ގުޅިގެން ކަރަންޓީނުކޮށްފައި ނުވަތަ އެކަހެރިކޮށްފައި ތިބި މީހުންނަށް މާދަމާ އޮންނަ އިންތިހާބުގައި ވޯޓުލާން އެއް ގަޑިިއިރު ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

April 10, 2021 6:42 am

މިއަދުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 07:00 އިން 17:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފަ. ކަރަންޓީނު އަދި އައިސޮލޭޝަންގައި ތިބި މީހުންނަށް ޙާއްޞަކޮށްފައިވާ ގަޑިއަކީ 17:00 އިން 18:00.

April 10, 2021 3:55 am

ތ. ވިލުފުށީގެ ދެ ވޯޓު ފޮއްޓެއް ކައިރީގައި ތިބޭ އޮފިޝަލުން ކަރަންޓީންގައި ތިބި ކަމަށާއި އެހެންވެ ވޯޓް ލާން ފެށުން މާދަމާ ލަސް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

April 10, 2021 3:38 am

April 10, 2021 3:35 am
ސިއްހީ އެހީތެރިން

އައިސޮލޭޝަނުގައި އަދި ކަރަންޓީނުގައި ތިބި މީހުންނަށް މި އިންތިހާބުގައި ވޯޓު ލާން ދެވޭއިރު، އެ މީހުން ވޯޓުލާން ދިއުމުގައި އަމަލު ކުރަންވީ އުސޫލެއް އިލެކްޝަން ކޮމިޝަންއިން އާންމުކޮށްފައެވެ. ކަރަންޓީނުގައި ތިބި މީހުން ވޯޓުލާންދާއިރު ސަމާލުކަން ދޭންވީ ކަންތައްތަކަކީ:

  • އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން ވޯޓުލާ މަރުކަޒުތަކަށް ދިޔުން.
  • ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުމާއި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
  • ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން.
  • ޕަބްލިކް ޓްރާންސްޕޯޓް (ބަސް، ފެރީ، ޓެކްސީ ފަދަ ތަކެތި) ބޭނުން ނުކުރުން.
  • ވޯޓު ލާން ދިޔުމާއި އެނބުރި ގެޔަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން.
  • ވޯޓުލުމަށްފަހު، ކަރަންޓީނު ގައި ނުވަތަ އެކަހެރިކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިޔުން މިއެވެ.
April 10, 2021 3:35 am

ސަމާލުކަމަށް:
"ކޮވިޑް-19ގެ ސަބަބުން އެކަހެރި ނުވަތަ ކަރަންޓީނުކޮށްފައި ތިބޭ މީހުން ދިޔުމަށް ޓެކްސީ އާއި ބަސް ފަދަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރެވޭނެ" – ހެލްތު ޕްރޮޓެކްޝަން އެޖެންސީ

April 10, 2021 2:27 am

މ. ރަތްމަންދު އާއި ވ. ތިނަދޫގެ ވޯޓު ލާ ގަޑި ލަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން ބުނީ ގަޑި ލަސްކޮށްފައި ވަނީ ދެ ދެ ރަށުގެ ވޯޓު ލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން އެހެން ރަށްރަށުން ހަމަޖެހިފައިވާތީ ކަމަށެވެ.

ރަތްމަންދު އާއި ތިނަދޫގައި ވޯޓު ލުން ކުރިޔަށް ދާނީ 8:30 އިން ފެށިގެން 5:00 އަށެވެ.

April 10, 2021 2:24 am
ސިއްހީ އެހީތެރިން

އައިސޮލޭޝަނުގައި އަދި ކަރަންޓީނުގައި ތިބި މީހުންނަށް މި އިންތިހާބުގައި ވޯޓު ލާން ދެވޭއިރު، އެ މީހުން ވޯޓުލާން ދިއުމުގައި އަމަލު ކުރަންވީ އުސޫލެއް އިލެކްޝަން ކޮމިޝަންއިން އާންމުކޮށްފައެވެ. ކަރަންޓީނުގައި ތިބި މީހުން ވޯޓުލާންދާއިރު ސަމާލުކަން ދޭންވީ ކަންތައްތަކަކީ:

  • އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން ވޯޓުލާ މަރުކަޒުތަކަށް ދިޔުން.
  • ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުމާއި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
  • ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން.
  • ޕަބްލިކް ޓްރާންސްޕޯޓް (ބަސް، ފެރީ، ޓެކްސީ ފަދަ ތަކެތި) ބޭނުން ނުކުރުން.
  • ވޯޓު ލާން ދިޔުމާއި އެނބުރި ގެޔަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން.
  • ވޯޓުލުމަށްފަހު، ކަރަންޓީނު ގައި ނުވަތަ އެކަހެރިކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިޔުން މިއެވެ.
April 10, 2021 2:13 am

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމަށް 713 ވޯޓް ފޮށި ބަހައްޓާފައިވެ އެވެ.

މި އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. އިންތިހާބުގައި ވޯޓުުލުމުގެ ހައްގު ލިބިފައި ވަނީ 273،128 މީހުންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.