ދޭނެ ޔަގީންކަމަކީ މާލޭގެ ރައްޔިތުންގެ އުންމީދުތަށް ހަގީގަތަށް ހަދައިދޭނަން ކަން: މުޢިއްޒު

ދޭނެ ޔަގީންކަމަކީ މާލޭގެ ރައްޔިތުންގެ އުންމީދުތަށް ހަގީގަތަށް ހަދައިދޭނަން ކަން: މުޢިއްޒު

Author
ޢަލީ އާދަމް
09 އޭޕްރިލް 2021 05:58
0

މާލޭގެ ރައްޔިތުންނަށް ދޭނެ ޔަޤީން ކަމަކީ މާލެއަށް ދިމާވެފައިވާ އެންމެހާ މައްސަލަތަކަށް މާލޭގެ ރައްޔިތުން އެދޭފަދަ ހައްލު ހޯދައިދޭނެ ކަން ކަމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ “މިއީ މަގޭ ރާއްޖެ” ކެމްޕެއިން ނިންމުމަށް މިއަދު ހަވީރު ޕީޕީއެމް އޮފީސް ދޮރުމަތީ ބޭއްވީ ކެމްޕެއިން ރެލީގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުން ވިސްނަންވީ މާލޭގެ މައްސަލަތަށް ހައްލުކުރެވޭނެ ގޮތަކަށް ވޯޓު ދިނުމަށް ކަމަށެވެ. އަދި މާލޭގެ ރައްޔިތުން އެދޭ އަމާޒަށް މާލޭގެ ކަންކަން ގެންދިއުމަށް ދެވޭ ވޯޓަކަށް މާދަމާގެ ވޯޓު ހެދުމަށްވެސް މުޢިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އަޅުގަނޑު މިހުރީ މާލޭގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަށް ހަދައިދިނުމުގެ އަޒުމުގަ، އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކީގަ އަޅުގަނޑު މަސައްކަތް ކުރާނީ." – މުޢިއްޒު

މުޢިއްޒު ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓުން ނުކުމެ ތިބީ ގައުމީ ވިސްނުމުގައި ކަމަށާއި އެ ކެނޑިޑޭޓުންނަށް ރައްޔިތުން އިތުބާރު ކުރުމަށެވެ.

އަދި ރައްޔިތުންގެ ތެރޭގައި ރައްޔިތުންނާއެކު ހުރެގެން ސަރުކާރަށް އެއްބާރުލުންދީގެން ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް މަަސައްކަތްކޮށް ނަތީޖާ ނެރެދޭނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ހޮވައި ދީފިނަމަ މާލޭގެ ރައްޔިިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައި ދިނުމުގައި ކައުންސިލްގެ ދައުރު ދައްކުވައި ދޭނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.