އެހެން ގައުމިއްޔަތެއް ގެނައުމަށް މަސައްކަތްކުރާކަމަށް ބުނުމަކީ ނުރައްކާތެރި ކަމެއް: އަދުރޭ

އެހެން ގައުމިއްޔަތެއް ގެނައުމަށް މަސައްކަތްކުރާކަމަށް ބުނުމަކީ ނުރައްކާތެރި ކަމެއް: އަދުރޭ

Author
ޢަލީ އާދަމް
09 އޭޕްރިލް 2021 05:37
0

އެމްޑީޕީން މަސައްކަތްކުރަނީ އެހެން ގައުމިއްޔަތެއް ގެނައުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމަކީ ނުރައްކާތެރި ވާހަކައެއް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ "މިއީ މަގޭ ރާއްޖެ" ކެމްޕެއިން ނިންމުމަށް މިއަދު ހަވީރު ޕީޕީއެމް އޮފީސް ދޮރުމަތީ ބޭއްވީ ކެމްޕެއިން ރެލީގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ނަޝީދު އިސްވެ ހުންނަވައިގެން އިއްޔެ ދިވެހި ރައްޔިތުންނަށް އެ ދެއްކީ އެ ގައުމިއްޔަތުގައި މީހުން އުޅޭނެ ގޮތް ކަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އެމްޑީޕީ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމުމުގެ ރަސްމިއްޔާތަށް ރަސްދޫއަށް ކުރި ދަތުރުގެ މަތީ ސަފާރީތަކުގައި ލަވަޖައި ނެށުމުގެ ހަރަކާތްތައް ގެންދިޔަ ގޮތަށް އިޝާރާތްކޮށްފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ތަޢުލީމާ ބެހޭ ވަޒީރު އެގޮތަށް އުޅުއްވީމައި ދިވެހި ރައްޔިތުން ލަދުގަންނަ ކަމަށެވެ. ވަޒީރުންނާއި މަޖިލީހުގ ެމެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާވެސް ހިމެނިވަޑައގެން ހިންގެވި މި ހަރަކާތްތަކަށް އަބްދުއްރަހީމް ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

"އެހެން ވީމާ ދިވެހި ލޮބުވެތި ރައްޔިތުން އެ ގައުމިއްޔަތަށް ދާކަށް ބޭނުމެއް ނުވާނެ، އެހެންވީމާ މިވަގުތު އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ ގައުމާ ދޭތެރޭގަ"

– އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ދިވެހި ގައުމުގެ ހާލުގެ ދުލުން ގޮވަނީ ގައުމު ސަލާމަތް ކުރުމަށްޓަކައި ގައުމުގެ ދަރިން ނުކުމެދޭށޭ ކަމަށެވެ. އެގޮތުން މި ގައުމު ސަލާމަތްކުރުށްޓަކައި ލިބޭ އެންމެ ފަހު ފުރުސަތަކީ މާދަމާގެ އިންތިޚާބުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންކަމުން ގައުމުގެ މިހާރުގެ ހާލަތަށް ވިސްނާ މާދަމާގެ ވޯޓު އިދިކޮޅުގެ ކެނޑިޑޭޓުންނަށް ދިނުމަށް ދިނުމަށް އަބްދުއްރަހީމް ވަނީ ގޮވާލާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމަށް ދޭ ވޯޓަކީ ގައުމީ ވިސްނުމަށް އަދި ގައުމިއްޔަތަށް ދެވޭ ވޯޓެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.