ނިއުޒީލެންޑްގެ ޤާނޫނު ހަދާ މަޖިލީހަށް ދިވެހި ކަނބަލަކު އިންތިޚާބު ވުމާއި ގުޅިގެން އޭނާއަށް މަރުޙަބާ ކިޔަމުން ގެންދާތީ އެކަމާ ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ސުވާލު އުފައްދަވާ ވާހަކަފުޅު ދައްކަވައިފިއެވެ.
ނިއުޒީލެންޑްގެ ޤާނޫނު ހަދާ މަޖިލީހަށް ވާދަކުރައްވާ ގޮނޑި ކަމިޔާބުކުރެއްވި ޑރ އައިޝާ އަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދެބެންގެދެދަރި ކަނބަލެކެވެ. ދިވެހި މަންމައަކާއި ނިއުޒިލެންޑް ބައްޕައަކަށް އުފަން ޑރ އައިޝާގެ އަތުގައި ދެ ޤައުމުގެ ޕާސްޕޯޓްވެސް އޮވެއެވެ.
އެކަމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ސޯޯޝަލް މީޑިއާގައި އޭނާއަށް މަރުޙަބާ ކިޔައި އެކަން ފާހަގަކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭރު ޤައުމެއްގެ ޣައިރު މުސްލިމަކު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހޮވިގެން ބަޔަކު މަރުޙަބާ ކިޔާއިރު، އޭނާ އަކީ ޣައިރު މުސްލިމެއްކަމަށް އޭނާ ބުނާކަަމަށެވެ.
"ދިވެހި ޕާސްޕޯޓެއް އޭނާ އަތުގައި އޮތުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށް ދެކެން."
Beyru Qaumeh ge ghairu Muslimaku e qaumuge parliament ah hovigen bayaku marhabaa kiyaairu, eynaa akee ghairu Muslim eh kamah eynaa buney! Dhen kihineh thoa eynaa dhivehi Rayyithakah v? Dhivehi passport eh eynaa athuga othumakee v bodu massalaeh kamugai dheken! @ImmigrationMV
— Ali Zaid (@alizaid1000) October 18, 2020
ޢަލީ ޒައިދު މިހެން ވިދާޅުވެފައިވާއިރު، ނިއުޒިލޭންޑުގެ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވި މެންބަރުންގެ ތެރެއިން އެއް ޖިންސުގެ ގުޅުމަށް ތާޢިދުކުރާ މީހުންގެތެރޭގައި އައިޝާ ހިމެނޭކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސިއްޙީ ދައިރާއިން މަތީތަޢުލީމު ހާސިލކުރައްވާފައިވާ ޑރ އައިޝާ ވެރޯލް ނިއުޒިލޭންޑްގެ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވަނީ އެޤައުމުގެ ވެރިކަންކުރާ ލޭބަރ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. ޑރ އައިޝާ ވެރޯލް މަސައްކަތް ކުރައްވަމުން ގެންދަވަނީ ނިއުޒީލެންޑްގެ ވެލިންޓަން ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ގޮތުގައެވެ. ޑރ އައިޝާ ވަނީ އައިޖީއެމްއެޗްގައިވެސް މީގެކުރިން މަސައްކަތް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ