ވޯޓު ދޭން ވާނީ ތިލަފަތަށް، ރުކަށް، ދޮލަނގަކަށް ނޫން، އެންމެ ޤާބިލް މީހާއަށް: އުމަރު

ވޯޓު ދޭން ވާނީ ތިލަފަތަށް، ރުކަށް، ދޮލަނގަކަށް ނޫން، އެންމެ ޤާބިލް މީހާއަށް: އުމަރު

Author
ޢަލީ އާދަމް
03 އޭޕްރިލް 2021 10:15
0

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދޭންވީ ތިލަފަތަކަށް، ރުކަކަށް، ދޮލަނގަކަށް ނޫން ކަމަށާއި ވޯޓު ދޭންވީ އެންމެ ޤާބިލް މީހާއަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުވެސް އިސްކޮށް ހަރަކާތެރިވެ ވަޑައިގަންނަވާ ދިވެހި ނެޝަނަލް އެކްޝަން ޑީއެންއޭގެ ވީޑިއޯ ބަޔާނެއްގައި އުމަރު ވިދާޅުވީ ދިވެހިރާއްޖެއަށް ލޯކަލް ކައުންސިލުގެ ނިޒާމު އައިއްސުރެ މިއަދާ ހަމައަށްވެސް ގިނަ މީހުން ވޯޓް ދެނީ ޕާޓީ ބުނާގޮތަށް ކަމަށެވެ. ނަމަވެސް ޕާޓީން އެ ދައްކަނީ ކާކުތޯ ނުބަލާ ކަމަށެވެ. އެކަމުގެ ސަބަބުން ނަތީޖާއަކަށްވީ ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ވަރަށް ނާގާބިލް މީހުން އައުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"މިފަހަރު ޑީ.އެން.އޭއިން އަޅުގަނޑުމެން މި ގޮވާލަނީ މިފަހަރު ވޯޓް ދެއްވަން ވާނީ ތިލަފަތަކަށް، ރުކަކަށް، ދޮލަނގަކަށް ނޫން. މިފަހަރު ވޯޓް ދެއްވަންވާނީ ޤައުމަށް. އެންމެ ޤާބިލް މީހާއަށް. އެންމެ ހިންގުންތެރި މީހާއަށް. އެންމެ ފަސްބައި ސާފު މީހާއަށް. އެންމެ ރަނގަޅަށް ކިޔަވައިގެން ހުރި މީހާއަށް."

– އުމަރު

މީގެ އިތުރުން އުމަރު ވިދާޅުވީ ޕާޓީ ބުނާގޮތަށް ރަށް ދަތުރުކޮށްގެން ލިބުނު އެއްވެސް ފައިދާއެއް މިވީހާ ތަނަށް ފެންނާކަށް ނެތް ކަމަށެވެ. މިއާ ޚިލާފަށް ރަށް ބައިބައިވެ، ރަށުގެ ދެބައިމީހުން ދެކޮޅަށް ދެ ދިދަ ނަގައިގެން ދުވާލު ބާރަށް ލަވަޖަހާފަ ރޭގަނޑު ކަޅުތެޔޮޖެހުން ނޫން ކަމެއް މިވީހާތަނުގައި ވެފައި ނެތްކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރުވަނީ ސަރުކާރުން ވިދާޅުވާ ކައުންސިލް ތަކަށް ބާރުދިނުމުގެ ވާހަކައަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ކައުންސިލް ތަކަށް މިހާރުވެސް އޮތީ މީގެ ކުރީ ސަރުކާރުތަކުންވެސް ހަމަ ދީފަ ހުރި ބާރު ތައް ކަމަށް އުމަރު ވިދާޅުވިއެވެ.

"ކޮން ރަށަކަށްތޯ ދިނީ ގޯތި ދޫކުރުމުގެ ބާރު؟ ނުލިބޭ އެއްވެސް ބަޔަކަށް. އަދިވެސް އޮތީ ހަމަ ހައުސިން މިނިސްޓްރީގައި. ގާތްގަނޑަކަށް ހަމަ ހުރިހާ ބާރެއްވެސް ހުރީ ހައުސިން މިނިސްޓްރީއަށް ޖަމާކޮށްފައި. އިންތިހާބު ކައިރިވީމަ އެމް.ޑީ.ޕީން ވަރަށް ގިނަ ވާހަކަ ދައްކާ ބާރުތައް ދޫކުރީއޭ."

– އުމަރު

އުމަރު ވިދާޅުވީ ރާއްޖޭގައި މިއޮތް ލާމަރުކަޒީ ނިޒާމަކީ އަދި ވަރަށް ބޮޑަށް އިސްލާހު ކުރަންޖެހޭ ނިޒާމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Moosa adam
Emmeqaabilumeehakeekobaa
ތ ތާޑީ
ދޮންޖޭމަކައްވޯޓެއް ނުލިބޭނެ ތެޅިތެލި ހުންނަން ޖެހޭނީ