ރ. ހުޅުދުއްފާރު މޮނިޓަރިންއަށް

ރ. ހުޅުދުއްފާރު މޮނިޓަރިންއަށް

ރ. ހުޅުދުއްފާރުން އެ އަތޮޅު އުނގޫފާރަށް ދަތުރުކުރި މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ހުޅުދުއްފާރަށް އަރާފޭބުން މަނާކޮށްފި އެވެ.

ހެލްތު އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނީ މިމަހުގެ ހަތަރުވަނަ ދުވަހު ހުޅުދުއްފާރުން އުނގޫފާރަށް ދަތުރުކުރި ފަރާތެއް ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓެރޭސިންގްގެ މަސައްކަތަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް އެޗްއީއޯސީއިން ބުނެއެވެ.

ހުޅުދުއްފާރުން ކޯވިޑަށް ޕޮޒިޓިވްވީ މީހަކީ އުނގޫފާރު ކްލަސްޓަރއާ ގުޅުން ހުރި މީހެކެވެ. ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އުނގޫފާރު މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު އެރަށް މޮނިޓަރިންގ އަށް ލުމަށް ފަހު މިމަހުގެ ދެވަނަ ދުވަހުގެ ފަހުން އެރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވާން ވަނީ އަންގާފަ އެވެ.

ހުޅުދުއްފާރުން މިމަހުގެ ދެވަނަ ދުވަހުގެ ފަހުން އުނގޫފާރަށް 180 މީހުން ދަތުރު ކޮށްފައިވެއެވެ. އެހެންކަމުން އެރަށުގައި މިހާރު ކޮންޓެކްޓް ޓްރޭސިން ފަށައި 150 ވުރެ ގިނަ ސާމްޕަލް މިހާތަނަށް ވަނީ ނަގާފައެވެ.

އުނގޫފާރު ކްލަސްޓަރއާ ގުޅިގެން ކ. ދިއްފުއްޓާއި ރ. މަޑުއްވަރި އަދި ޅ. ނައިފަރު ވެސް މިހާރު ވަނީ މޮނިޓަރިން އަށް ގެނެސްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *