ކެޓްރީނާ ތުން ދަމާފައި މި އިނީ ކީއްވެކަން އިނގޭތަ؟

ކެޓްރީނާ ތުން ދަމާފައި މި އިނީ ކީއްވެކަން އިނގޭތަ؟

Author
admin
17 އޮކްޓޯބަރ 2020 11:45
0

ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފްއަކީ މީސް މީޑިއާ މެދުވެރިކޮށް އޭނާ ކުރާ ގިނަ ކަންކަމުގެ ވާހަކަ ހިއްސާ ކުރާ ތަރިއެކެވެ. ބައެއް ދުވަސް ދުވަހު ކުރާ ބައެއް ކަންކަން ހިއްސާކޮށް، އޭނާގެ ފޭނުން ހިތްހަމަ ޖައްސާލައެވެ.

މިގޮތަށް އޭނާ އެތައް ވީޑިއޯއެއް ހިއްސާކުރާއިރު، އޭނާ އެންމެ ފަހުން ހިއްސާކޮށްފައި ވަނީ މާ މަޖާ ވީޑިއޯއެއް ނޫނެވެ. ކެޓްރީނާ އެ އިނީ ހަމަ ރަނގަޅަށްވެސް ތުންދަމައިގެންނެވެ. އަދި ރަނގަޅު މޫޑެއްގައިވެސް ނޫނެވެ. އެ ވީޑިއޯގައި އޭނާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރިކަން ފާހަގަކުރެވެއެވެ. އޭނާ ހިތްހަމަނުޖެހިފައި ހުރީ ގޭމަކުން ބަލި ވެގެންނެވެ.

ކެޓްރީނާ ހިއްސާ ކުރި އެ ވީޑިއޯގައި އޭނާ ގާތުގައި މީހަކު އޭނާ ބަލިވުމުން އިހުސްސާ ކިޔާދޭން އެދެއެވެ. އެ ވީޑިއޯ ހިއްސާކޮށް ކެޕްޝަންގައި އޭނާ ލިޔެފައި ވަނީ، ހުކުރު ދުވަހުގެ ރޭ ގޭމުގައި، ކޮންބަޔަކަށް ކަމުނުދަނީ ގޭމަކުން ބަލިވީމަ؟. އެ ވީޑިއޯއިން އޭނާ ފެނިގެން ދަނީ ޕިންކް ކުލައިގެ ރީތި ހެދުމެއް އަޅައިގެން އިންނަތަނެވެ.

ކެޓްރީނާ ދާދި ފަހުން ވަނީ ބޮލީވުޑް ސެލެބްރިޓީސްގެ ބޭންޑްވޭގަންގައި ބައިވެރިވެފައެވެ. ކޯވިޑް-19 ޕެންޑެމިކްއާ ހެދި މަސައްކަތުން ދުރުގައި އުޅުމަށްފަހު އޭނާ މި ވަނީ މަސައްކަތަށް ނުކުމެފައެވެ. އަދި އެކަމާއި ހިތް ހަމަޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ރޯހިތު ޝެޓީގެ ކޮޕް ޑްރާމާ ސޫރްޔަވަންޝީންނެވެ. އޭގައި ކެޓްރީނާއާއެކު އަކްޝޭ ކުމާރް، ރަންވީރް ސިންގ އަދި އަޖޭ ދޭވްގަން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.