ކޯވިޑްގެ ފަހުން ފުރަތަމަ ފަހަރަށް ޓޫރިޒަމް ފެއަރއެއް ގައި އަމަލީގޮތުން ރާއްޖެ ބައިވެރިވެއްޖެ

ކޯވިޑްގެ ފަހުން ފުރަތަމަ ފަހަރަށް ޓޫރިޒަމް ފެއަރއެއް ގައި އަމަލީގޮތުން ރާއްޖެ ބައިވެރިވެއްޖެ

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރި ފަހުން ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ފެއަރއެއްގައި ރާއްޖެއިން ޢަމަލީގޮތުން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރްސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޢަމަލީގޮތުން ބައިވެރިވެފައި މިވަނީ ރަޝިޔާގައި ކުރިއަށްދާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް، މިޓް ގަ އެވެ. އިއްޔެ ފެށި މިިފެއާ އޮންނާނީ މާދަމާގެ ނިޔަލަށެވެ.

އެމްއެމްޕީއާރްސީން ބުނީ މިފަދަ ފެއާއެއްގައި ބައިވެރިވުމުގެ ބޭނުމަކީ ރަޝިއާގައި ރާއްޖޭގެ މަގްބޫލުކަން އިތުރު ކުރުމާއި އެގައުމުން ރާއަޖެ އަންނަ ފަތުރުވެރިން އިތުރު ކުރުން ކަމަށެވެ. ފެއާގައި އެމްއެމްޕީއާރްސީގެ އިތުރުން ރާއްޖޭގެ 11 ކުންފުންޏަކުން ބައިވެރިވެ އެވެ.

މިޓް ފެއަރ އަކީ މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާ އެވެ. މިފެއާގެ ތެރެއިން ރާއްޖޭގެ ޓީމުން، ރަޝިއާގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންނާ އެކިއެކި ބައްދަލުވުންތަށް ބާއްވާނެއެވެ.

ފެއާއަށް ފަހު ރަޝިއާގެ ހަތަރު ސިޓީއެއްގަައި ރޯޑް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މިމަހުގެ 21 އިން 26 ވަނަ ދުވަހަށް ކުރިއަށްގެންދާ މި ރޯޑް ޝޯ ބާއްވަނީ މޮސްކޯ، ކަޒާން، ސެއިންޓް ޕީޓާސްބާގް އަދި އެކަޓެރިންބާގްގަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމަކީ ވެސް ރަޝިއާ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރު ބައިވެރިވާ ގިނަ ފެއަރތަކާއި ރޯޑްޝޯވްތައް އަމާޒުކޮށްފައިވަނީ، މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ، ރަޝިއާ އާއި އިންޑިއާ އަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *