އަންނަ ހުކުރު ދުވަހު ނުކުންނާނީ "އެންމެން ހައްޔަރުވާން": ޕީޕީއެމް

އަންނަ ހުކުރު ދުވަހު ނުކުންނާނީ "އެންމެން ހައްޔަރުވާން": ޕީޕީއެމް

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ސިލްސިލާކޮށް ބާއްވަމުންގެންދާ މުޒާހަރާތަކުގެ ތެރެއިން އަންނަ ހުކުރު ދުވަހު ނުކުންނާނީ "އެންމެން ހައްޔަރުވާން" މި ޝިޔާރުގައި ކަމަށް އިދިކޮޅުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަންގެ ހަރަކާތް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ނުރައްކާވާފަދަ ހާލަތަކަށް ގައުމު ދާއިރު އިދިކޮޅުން މި ހަފްތާގެ ހުކުރު ދުވަހު ނުކުންނާނީ އެންމެ ހައްޔަރުވާން ކަމަށެވެ. އެހެންކަމުން އަންނަ ހުކުރު ދުވަހު މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރު ކުރި ނަމަވެސް އެ ސަރަހައްދެއްގައި ތިބި އެންމެން އެމީހާ ހައްޔަރުކޮށްގެން ފުލުހުން އެމީހާ އަރުވާ ވެހިކަލަކަށް އަރައި ފުރާލާނެ ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

" ހުކުރު ދުވަހުގެ އިހުތިޖާޖް އަޅުގަނޑުމެން ގެންދާނީ ވަރަށް ތަފާތުކޮށް، މިނޫން ގޮތަކަށް މިކަން ކުރެވޭނެ ޖާގައެއް މިބޭފުޅުން ނުދިން، އެހެންވީމާ ދެން އޮތީ މިގޮތް" – މުހައްމަދު އިސްމާއީލް

މުހައްމަދު ވިދާޅުވީ ގައުމުގެ ހާލަތު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި، އުތުރު ތިލަފަޅުގެ އެއްބަސްވުން ސިއްރުކޮށް އެ އެއްބަސްވުމާއި ގުޅޭގޮތުންވެސް ދެ ފަހަރު ދެ ގޮތަށް ސަރުކާރުން ވާހަކަދައްކަމުން ދާކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އިހުތިޖާޖް ކުރާނީ ހަމައެކަނި އެ މައްސަލާގައި ނޫން ކަމަށައި މިހާރު ކުރިމަތިވެފައިވާ ގައުމީ ބޮޑެތި ހުރިހާ މައްސަލަތަކެއްގައި އިދިކޮޅުން އަޑު އުފުލާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މީދެން ކާކު؟ ބޮޑު ވަގެއް، ބުނަންތަ ވާހަކައެއް ސަރުކާރުން ކަލޯމެން ވައްކަން ކުރީމަވެސް ޖަލައް ނުލެވުނެއްކަމަކު އަހަރުމެން އަދަބުދޭންވީމާ ކަލޯނެންނައް ވަރައްވަރުވާނެ. ނަމަ ނަމަ ވައްތަރު ނުޖައްސާތި.

Leave a Reply

Your email address will not be published. Required fields are marked *