ރަޝިއާގެ ޑިމާންޑުތަކަށް ދޫނިދީފިނަ ކުރިޔަށް އޮތް އެއްމަސްދުވަހުގެ ތެރޭގައި އެގައުމުގައި ޓުވިޓަރ މަނާކުރާނެކަމުގެ އިންޒާރު އެގައުމުން ވަނީ ދީފައި

ރަޝިއާއިން ޓުވިޓަރ ބޭނުން ކުރުން އެގައުމުގައި ނަމާކުރަނީ

ރަޝިއާއިން ޓުވިޓަރ ބޭނުން ކުރުން އެގައުމުގައި ނަމާކުރަނީ

ގުޅުންހުރި

ރަޝިއާ ސަރުކާރުން، އާންމުކުރުން މަނާކޮށްފައިވާ މައުލޫމާތު ޓުވިޓައިން މަނާ ނުކޮށްފިނަމަ، ކުރިޔަށް އޮތް 1 އެއް މަސްދުވަހުގެ ތެރޭގައި ޓުވިޓަރ ބޭނުންކުރުން އެގައުމުގައި މަނާ ކުރާނެކަމުގައި، ރަޝިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ހަވާލާދީ، އެގައުމުގެ ނޫސް އޭޖެންސީތަކުން ބުނެފިއެވެ.

ރަޝިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި، އެގައުމުން މަނާ ކޮށްފައިވާ މައުލޫމާތު ޓުވިޓަރއިން އަދިވެސް ފެންނަ ގޮތަށް އާންމުކޮށްފައި ވާތީ، މިހާރު އެގައުމުގައި ޓުވިޓަރ ބޭނުންކުރެވޭ ދުވެލި ވާނީ މަޑު ކޮށްފައި ކަމަށެވެ.

އެކުންފުންޏާ ދެކޮޅަށް ރަޝިއާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ޓުވިޓަރއިން ބުނެފައިވަނީ، އެ ފިޔަވަޅުތަކުގެ ސަބަބުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުތަކެއް ކުރަކުންދާނެތީ އެކުންފުނިން ކަންބޮޑުވާ ކަމަށެވެ. އަދި، އެމެރިކާގެ މީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ، ޓުވިޓަރއިން ބުނެފައިވަނީ، ރަޝިއާގެ މުވައްސަސާތަކުން ތުހުމަތު ކޮށްފައިވާ ފަދައިން، މަނާކުރެވިފައިވާ އެއްވެސް މައުލޫމާތެއް އެ ޕްލެޓްފޯމް ބޭނުން ކޮށްގެން ފެތުރުމުގެ ފުރުސަތު ފަހިކޮށްދީފައި ނުވާނެކަމަށެވެ.

ރަޝިއާގެ މުވާސަލާތީ އޭޖެންސީ، ރޮސްކޮމްނާޒޯރގެ ޑެޕިއުޓީ ޑައިރެކްޓަރ ވަޑިމް ސަބޮޓިން އަންގާރަދުވަހު ވިދާޅުވެފައިވަނީ، ރަޝިއާގެ ކަންބޮޑުވުންތަކަށް ޓުވިޓަރއިން އަދިވެސް އިޖާބަ ދީފައި ނުވާކަމަށާއި، ކުރިޔަށް މަހެއްހާ ދުވަހުގެ ތެރޭގައި އެގައުމުގެ ޑިމާންތަކަށް ޓުވިޓަރއިން އިޖާބަ ނުދީފިނަމަ، ރަޝިއާގައި ޓުވިޓަރ ބޭނުން ނުކުރެވޭ ގޮތަށް އެއްކޮށް މަނާ ކުރެވޭނެ ކަމަށެވެ.

"ޓުވިޓަރއިން އަހަރެމެންގެ އެދުންތަކަށް އިޖާބަ ދީފައެއް ނުވޭ. މިގޮތަށް އެމީހުން ކުރިޔަށް ދާނަމަ، ކޯޓު އަމުރަކާ ނުލާ، ކުރިޔަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ޓުވިޓަރ ރަޝިއާގައި މަނާ ކުރެވިގެން ދާނެ،" ރަޝިއާގެ މުވާސަލާތީ އޭޖެންސީ، ރޮސްކޮމްނާޒޯރގެ ޑެޕިއުޓީ ޑައިރެކްޓަރ ވަޑިމް ސަބޮޓިންއާއި ހަވާލާދީ އިންޓރފެކްސް އޭގެންސީން ރިޕޯޓު ކޮށްފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ރަޝިއާގެ އެދުންތަކަށް ޓުވިޓަރއިން ބޯލަބައިފިނަމަ، އެގައުމުގައި ޓުވިޓަރ މަނާ ކުރެވިގެން ދިޔަނުދީ ބޭއްވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ރަޝިއާއިން ބުނާ ގޮތުގައި، ނައްތާލުމަށް ރަޝިއާއިން އެދިފައިވާ މައުލޫމާތާއި ފޮޓޯ އަދި މަންޒަރުގެތެރޭގައި، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތަކާއި، ބޭނުން ކުރުން މަނާކުރެވިފައިވާ މަސްތުވާތަކެއްޗާ ގުޅުންހުރި މައުލޫމާތުތަކުގެ އިތުރުން އަމިއްލަ މަރުވުމާއި ބެހޭ މައުލޫމާތުވެސް ހިމެނެއެވެ.

ރަޝިއާގެ މިއިންޒާރާ ގުޅޭގޮތުން ޓުވިޓަރއިން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ މީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ، ޓުވިޓަރއާއި ރަޝިއާ ސަރުކާރާ ދެމެދު ފަހަކަށް އައިސް ގުޅުން ގޯސްވެފައިވަނީ، އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރެވެމުންދާ މުޒާހިރާތަކަށް ކުޑަކުދިން ނެރުމަށް ހިތްވަރުދޭ ޕޯސްޓުތައް ޝާއިއުކޮށްގެން އެގައުމުގެ ސަރުކާރުން ދައުވާ ކޮށްފައިވާ 5 ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ތެރޭގައި ޓުވިޓަރ ހިމެނި އަދި، މިހާތަނަށްވެސް ޓުވިޓަރގެ ޕްލެޓްފޯމުން މި ޕޯސްޓުތައް ނައްތާލާފައި ނުވާތީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ