މިއަދު މެންދުރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޕްރެސްއެއް ބޭއްވުމަށް ނިންމައިފިއެވެ.
ޕްރެސްކޮންފަރެންސް އޮންނާނީ މެންދުރު ފަހު13:00 ގައެވެ. މި ޕްރެސްކޮންފަރެންސް ދެއްވާނީ އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަންގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު މުޙައްމަދުއެވެ. ބެލެވޭގޮތުން ރާއްޖެއަށް ލިބިފައިހުރި އެހެން ވެކްސިންތައް ޖެހުމުގެ ހުއްދަ މިއަދު ދިނުމަށް ވަނީ ނިންމާފައެވެ.
ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި2 ލައްކަ 12 ހާސް ވެކްސިން ޑޯޒްގެ ތެރެއިން ބޮޑު ބައެއް ޖަހައިދީ ނިމިފައިވާއިިރު އިންޑިއާއަށް ވަނީ އިތުރު 3 ލައްކަ ވެކްސިން ޑޯޒްއަށް ރާއްޖެ ގެނައުމަށް އެދިފައެވެ. އަދި ޗައިނާއިން ވަނީ ސިނޮފާމްގެ 2 ލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދާއި ހަމައަށް ޖަހައިދިނުމަށް ނިންމާފައިވާއިރު، ވެކްސިން ޖަހައިދޭ މަރުކަޒުތައް ކައިރީ ވެކްސިން ޖެހުމަށް ވަނީ ދިގު ކިއުތައް ހަދާފައެވެ. ރާއްޖެއިން މިހާތަނަށް 206،114 މީހުންނަށް ވެކްސިން ދީފައެވެ.
ކޮމެންޓު ފޮނުވާ