މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރު، ޢުމުރުން އެންމެ 9 އަހަރުގެ މުޙައްމަދު އަޝްހަމް ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒްކަމު ސަނަދު ހާސިލް ކޮށްފިއެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އަޝްހަމްއަށް ޤުރުއާން ހިތުދަސްވެފައިވޭތޯ ބެލުމަށް އިމްތިހާން ކުރިއަށް ގެންގޮސްފައި ވަނީ 9 ޑިސެމްބަރު 2020 އިން 18 ފެބްރުއަރީ 2021 އަށެވެ. އަދި އެ އިމްތިހާނުން އެވަނަ ދަރަޖައިގާ އަޝްހަމް ވަނީ ފާސްވެފަ އެވެ.
Congratulations to our dear student Mohamed Asham Ali for being certified a Hafiz. Congratulations to his parents and all the caregivers who helped him. We are very proud of you.
Posted by Maldives Autism Association on Sunday, March 14, 2021
އަޝްހަމް ހޯދި މި ބޮޑު ކާމިޔާބީ ފާހަގަކޮށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ވަނީ އަޝްހަމަށާއި، އޭނާގެ ޢާއިލާއަށް މަރުޙަބާ ކިޔާފައެވެ.
"އަޝްހަމްގެ މި ކާމިޔާބީއަށް ވާސިލުވުމަށް އެހީތެރިވެދެއްވި ފަރާތްތައް ޝާމިލްކޮށް އެފަރާތްތަކަށް މަރުހަބާ އާއި ޝުކުދަންނަވަން. އަދި މިފުރުޞަތުގައި އަޝްހަމް ގެ ތެރަޕީ ސެޝަންތައް ސްޕޮންސަރ ކޮށްދެއްވާ ސައޫދީ އެމްބަސީއަށް ވަކިން ޚާއްސަ ޝުކުރެއް ދަންނަވަން." – އޯޓިޒަމް އެސޯސިއޭޝަން
އަޝްހަމްގެ އާއިލާން ބުނީ އަޝްހަމް އަކީ އެންމެ ކުޑައިރުއްސުރެއްވެސް ޤްރުޢާނަށް ލޯބިކުރާ ޤްރުޢާން ކިޔަވާހިތްވާ ކުއްޖެއްކަމަށެވެ.
އަޝްހަމަކީ އޯޓިޒަމް އަދި އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްއޭޑީ) ހުންނަ ކުއްޖެކެވެ.
ކޮމެންޓު ފޮނުވާ