މާލޭގައި ޕާކުކުރެވޭނެ ޢިމާރާތްތަކެއް އަޅަނީ

މާލޭގައި ޕާކުކުރެވޭނެ ޢިމާރާތްތަކެއް އަޅަނީ

Author
މުޙައްމަދު ޖިމީ
16 އޮކްޓޯބަރ 2020 04:48
0

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ޙައލްުކުރުމަށް މިއަހަރު މާލޭގައި ޕާކިން ޢިމާރާތެއް އަޅާނެކަމަށާއި، ޖުމްލަ 7 ޢިމާރާތް ޢެޅުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެއްގަމު ދަތުރުފަތުރެ ޤާނޫނަށް ހުށައަޅަފައިވާ އިޞްލާހާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، މާލޭގަި މަލްޓިސްޓޯރީ ބިލްޑިންގ ތަކެއް ނުވަތަ ޢިމާރަތްތަކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އެގޮތުން މަޝްވަރާތައް ޕްލޭނިންގ މިނިސްޓްރީއާއި އޮކޮނޮމިކް މިނިސްޓްރީއާއި އެކު ކުރިއަށްދާކަމަށާއި، މާލޭގެ 2 ސަރަޙައްދެގައި ޕާކިން ޢިމާރަތްތަކެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ޝިމާޒް ވިދާޅުވިއެވެ. އެގޮތުން މިއަހަރު ހީނާމާގޭގައި ފުރަތަމަ ޢިމާރާތް މިއަހަރު ޢަޅާނެކަމަށާއި، މުޅި މަޝްރޫޢުގެ ދަށުން މާލޭގެ 7 ސަރަޙައްދެގައި ޕާކުކުރެވޭނެ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާކަން ޝިމާޒް ފާހަގަކުރެއްވިއެވެ.

ޕްލޭނިން މިނިްޓްރީން މިވަގުތު އިކޮނޮމިކް މިނިސްޓްރިއާއި މަޝްވަރާކޮށްގެން މާލޭގެ 2 ސަރަހައްދެއްގައި މަލްޓިސްޓޯރީ ބިލްޑިން ތަކެއް އެޅުމުގެ މަސައްކަތް އެބަދޭ. މަޢުލޫމާތު ލިބިފައިވާގޮތުން ވެއްޖާ މިއަހަރު ހީނާމާގޭގައި 4 ބުރީގެ ޕާކިން ބިލްޑިންއެއް އެޅިގެންދާނެ. އެޕްރޮޖެކްޓް ކުރިއަށް އެބަދޭ. މާލޭގެ 7 ސަރަހައްދެއގައި މަލްޓިސްޓޯރީ ބިލްޑިންތަކެއް އެޅިގެންދާނެ.

-ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވިއެވެ.

މާލެއަށް އެތެރެކުރާ ވެހިކަލްތަކުގެ މިންވަރާ އަޅާބަލާއިރު އެކަށީގެންވާ މިންވަރަށް ޕާކްކުރާނެ ޖާގައެއް މިހާތަނަށް ހަދާފައެއް ނެތެވެ. އަދި މިކަމުގެ ސަބަބުން އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން ޕާކިން ބިލްޑިން ތަކާއި ޕާކިން ޒޯންތައް ހެދުމަށް ހަމަޖެހިފައިވާކަން ސިޓީ ކައުންސިލުންވެސް ކުރިންވަނީ ބުނެފައެވެ.
މާލޭގެ މަގުތައް ތަރައްޤީކޮށް ނިމޭއިރު 121 މަގުގެ %30ގައި ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން މިތަންތަނުގައި 3700 ސައިކަލާއި 350 ކާރު ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދަޅުވެއެވެ. މީގެ އިތުރުން ޕިކަޕް ލޮރީ ފަދަ 100 އުޅަނދަށް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލޭގައި މިހާރުވެސް ވަނީ ޕަކް ކުރެވޭނެ ސަރަހައްދުތައް ހަދާފައެވެ. މިގޮތުން މިހާރު ހުރި 22 ސަރަޙައްދެއްގައި 3760 ސައިކަލާއި 150 ކާރު އަދި 25 ލޮރީ ޕާކް ކުރެވެ އެވެ. މިހާރު ހަދަމުންދާ ތަންތަނާއި ހަދާފައިވާ ޕާކިން ޒޯންތަކުގެ ސަބަބުން މާލޭގެ ބައެއް ބޮޑެތި މަގުތަކަށް ދިމާވެފައި ތޮއްޖެހުމުގެ މައްސަލައަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ވަނީ ލިބިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.