ކުޅުދުއްފުށި ސިޓީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދީފި އެވެ.
އަތޮޅު ކައުންސިލް އިދާރާކުރިމަތީ، އަމީނީމަގުގައި މިއަދު 11 ޖަހާކަށްހާއިރު ހިނގި މި އެކްސިޑެންޓް ގައި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ އެއް ސައިކަލް ދުއްވަން އިން 21 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ މޫނުމަތިން ޒަހަމް ތަކަކާއެކު ނޭފަތުން ލޭ އަންނަ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެނެއެވެ.
އަނެއްސައިލަކް ދުއްވަން އިން 19 އަހަރުގެ އަންހެންމީހާއަށާއި، ސައިކަލު ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖާއަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ.
ކޭއާރުއެޗުން ބުނީ އެކްސިޑެންޓްގައި އަނިޔާވި 21 އަހަރުގެ މީހާގެ ބޮލަށް އަނިޔާވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެން ހެދުމާއި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.
އެކްސިޑެންޓްވީ ދެ ސައިކަލަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ