އެމްޕީއެލްއިން އަލަށް ގެނައި ބަދަލަކާއި ގުޅިގެން މަޖޫރީން މުޒާހަރާކޮށްފިއެވެ.
އެމީހުން މުޒާހަރާކޮށްފައިވަނީ އެމްޕީއެލްއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއި ގުޅިގެން މަޖޫރީން ހެނދުނު މަސައްކަތް ފަށާ ގަޑި ލަސްވުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން މަޖޫރީން އިހުތިޖާޖުކުރުގެ ތެރެއިން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އެމްޕީއެލްއިން އެޅި ފިޔަވަޅަޖީ އެ ޕޯޓްގައި ކޮންޓެއިނާ ޝިފްޓު ކުރާ ވަގުތު ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މަޖޫރީން ޕޯޓު ތެރެއަށް ނުވެއްދުމަށް ނިންމުމެވެ. މިގެނައި ބަދަލާއެކު ޢާންމުކޮށް ހެނދުނު 9 ޖަހާއިރު މަސައްކަތް ފަށާ މަޖޫރީންނަށް ދެން މަސައްކަތް ފެށޭ ގަޑި އެއަށްވުރެ ލަސްވާނެތީ އެމީހުން އަންނަނީ ކަނބޮޑުވުން ފާޅުކުރަމުންނެވެ.
އެމްޕީއެލްގައި ސަލާމަތީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާ އެފިޔަވަޅުތައް އަލާފައިވާއިރު، ފަހަކަށް އައިސް ްވަރަށް ހިތާމަވެރި ހާދިސާތައް އެމްޕީއެލް ސަރަހައްދުގައި ހިނގާފައިވެއެވެ. އޭޣެތެރޭގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެސްވެއެވެ.
ކޮމެންޓު ފޮނުވާ