މަލީހު އިދިކޮޅު ސިޔާސީ ހަރަކާތަށް!

މަލީހު އިދިކޮޅު ސިޔާސީ ހަރަކާތަށް!

Author
މުޙައްމަދު ޖިމީ
09 މާރޗް 2021 09:55
0

ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރުގެ މަޤާމުން އިތުބާރު ނެތްކަމަށް ފާސްކޮށް ދުރުކުރި މުޙައްމަދު މަލީހް ޖަމާލް އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފަށްޓަވައިފިއެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. އޭގެ ހަފްތާއެއް ފަހުން މަލީހު އިއްޔެ ވަނީ ފުވައްމުލަކުގައި ޕީޕީއެމްގެ ކެމްޕޭން އޮފީހެއް ހުޅުވުމަށް ބޭއްވި ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މާލެއާއި ފުވައްމުލަކުގައި ބޭއްވި މި ބައްދަލުވުމުގައި މަލީހުގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބައެް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި މަލީހުގެ ދެބެންގެ ދެދަރި ބޭބޭފުޅު އަދި ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމދާއި، އިދިިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި އެނޫންވެސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަލީހު އިދިކޮޅު ކޯލިޝަންގެ ސިޔާސީ ހަރަކާތުން ފެނިފައިވާއިރު، މަލީހު ވަނީ މިސަރުކާރު ކޯލިޝަން މިހާރު ރޫޅިފައިވާކަމަށް ވިދާޅުވެފައެވެ. ކޯލިޝަން އެގްރީމަންޓްގައި އެއްބަސްވެވިފައިވާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްގެ އިންތިޚާބުވެސް އިއްތިހާދުވެގެން ދާންކަމަށާއި، އެ އެއްބަސްވުމާއި ޚިލާފްވީ އެމްޑީޕީންކަަމަށް މަލީހު ވިދާޅުވިއެވެ. އެހެންކަމުން ކޯލިޝަން ރޫޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ވައުދުވީ ކޯލިޝަން އެގްރީމަންޓްއާއި ޙިލާފުވެއްޖެނަމަ އިންތިޚާބަކަށް ދާންކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު އިދިކޮޅު ކޯލިޝަންގެ ހަރަކަތުން ފެނިގެންދިޔައިރު، އޭނާ ވަނީ ރައީސް ޔަމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަންވެސް ކުރައްވާފައެވެ.  ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު މަލީހު މަގާމުން ދުރުކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.