ވެކްސިންގެ ދެވަނަ ޑޯޒް މިމަހު 15 ގައި ދޭން ފަށަނީ

ވެކްސިންގެ ދެވަނަ ޑޯޒް މިމަހު 15 ގައި ދޭން ފަށަނީ

Author
މުޙައްމަދު ޖިމީ
08 މާރޗް 2021 03:58
0

ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް މިމަހުގެ15 އިން ފެށިގެން ދޭން ފަށްޓްވާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާލޫވީ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އައު ޢިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ނިންމާފައިވަނީ ފުރަތަމަ ވެކްސިން ޑޯޒް ދޭތާ 8 ހަފްތާފަހުންނެވެ.

ވެކްސިންގެ ދެވަނަ ޑޯޒް މިމަހު15 ގައި ދޭން ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅވެފައިވާއިރު، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެކަމަށް އިއްޔެ ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެފައިވެއެވެ.

އާބާދީ ބޮޑެތި ރަށްރަށަށް ސަރުކާރުން މިހާރު ވެކްސިން ފޮނުވާފައިވާކަމަށާއި، އަމާޒަކީ ބޮޑު އާބާދީ އޮންނަ ރަށްރަށުގައި ވީ އެންމެ އަވަހަކަށް ވެކްސިން ޖަހާ ނިންމާލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ގިނަ އދަދެއްގެ މީހުން ވެކްސިން ޖަހާފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޖަހަމުންދަނީ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ރާއްޖޭގައި ދެމުން އަންނަނީ ވެކްސިންގެ ފުރަތަމަ ޑޯޒެވެ.

ރާއްޖޭގައި ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލީމް
އާބާދީގެ 02އެބާއަދިވެކުސްނުޖަހާ 01ޑޯޒުކޮބާ .....ހުސްބާސާކަޑަނީ . ދެންބުނޭ ރިވިޔު ކޮއްފާ އަޕުލޯޑުކުރާނަމޭ ... ރާއަތޮޅު ރަސްގަތިމުގާ ވެކުސިންނުވެސްނެތެ....