ވަޒީފާގެ މާހައުލަށް ނިކުންނަށް އަންހެނުންގެ ނިސްބަތް މަދުވެއްޖެ: އައިޝާ

ވަޒީފާގެ މާހައުލަށް ނިކުންނަށް އަންހެނުންގެ ނިސްބަތް މަދުވެއްޖެ: އައިޝާ

Author
މުޙައްމަދު ޖިމީ
08 މާރޗް 2021 12:55
0

ވަޒީފާގެ ބާޒާރަށް ނިކުންނަށް އަންހެނުންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖެގެ އަންހެނުންގެ ހާލަތު ބަޔާންކުރައްވާ ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ދޭން ޖެހުނު އެކި ހިދުމަތްތައް ދިނުމުގައި އަދި ފްރޮންޓްލައިންގައި ސާބިތު ކަމާއެކު އެންމެ ބޮޑަށް ހިއްސާ ކުރަނީ އަންހެނުން ކަމަށެވެ. އެގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަދި އެޫނޫންވެސް މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޝާމިލްވި އަންހެނުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކާއި އާމްދަނީއަށް ނުރަނގަޅު އަސަރު ކުރި ފަރާތްތަކަށް އެހީތެރިވުމަށް އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދިން އެހީ ލިބުނު އަންހެނުން ފިރިހެނުންނަށްވުރެ މަދުކަމަށެވެ. އެގޮތުން 20،760 މީހުންނަށް އެހީ ފޯރުކޮށްދިންއިރު އެއިން 7467 މީހުންނަކީ އަންހެނުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެތަފާސް ހިސާބަށް ބަލާއިރު އަންހެނުންގެ އަދަދު މަދުކަމާއި މިންތީގެ ތަފާތެއް ހުރިކަން އެނގޭކަމަށާއި، ވަޒީފާގެ ބާޒާރަށް ނުކުންނަ އަންހެނުން މަދުކަން އެނގޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީފާގެ ބާޒާރުގައި އަންހެނުން ޝާމިލްވާ މިންބަރު މަދުކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިިޗަރ ސާރވޭ 2019″ ގެ ތަފާސް ހިސާބުތަކުން މިނިސްޓަރ ދެއްކެވިއެވެ. އެ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ %46 އެވެ. މިއީ ރާއްޖޭގެ އެވެރެޖު މިންވަރު ކަމުގައިވާ %60 އަށްވުރެ ދަށް އަދަދެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ގޭގައި ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑުކަމަށްވެސް ވިދާޅުވެފައެވެ.

މިގޮތަށް ކުރާ މަސައްކަތުގައި ލިޔެކިއުން ގެންގުޅުން މަދުވެފައި އިންކަމް ސަޕޯޓަށް އެދުމުގައި އެދެވޭ މިންވަރަށް ސަޕޯޓިން ޑުކިިއުމަންޓް ލުަމށް އަންހެނުންނަށް ދަތިކަން އަޅުގަނޑުމެން ފާހަގަކުރިން. މިފަދަ ފަރާތްތަކަށް ރިޔާއަތްކޮށް އިންކަމް ސަޕޯޓް ދިނުމުގެ މިންގަނޑުތައް ލުއިކޮށް އިތުރު އިތުރު ފަރާތްތައް ޕްރޮގްރާމްގައި ބައިވެރިކުރެވިފައިވާކަން ޖޮބް ސެންޓަރުތަކުން އަޅުގަނޑުމެންނަށް މިހާރު މަޢުލޫމާތުދެއްވާ.

– މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އައިޝަތު މުޙައްމަދު ދީދީ

މިނިސްޓަރ ވިދާޅުވީ، އަންހެނުންނަށް މަސައްކަތްތެރިކަން ފޯރުކޮށްދީ އަންހެނުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ ޕްރޮގުރާމެއް ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށް ގެންދަވަން ރާއްވަވާފައިވާ ކަމަށެވެ. އަދި މިނިސްޓަރ ވަނީ ފުރަބަންދުގެ ހާލަތުގައި ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ގެވެށި އަންޔާގެ މައްސަލަތައް އިތުވެގެން ދިޔަކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Abdulla Mahir
Raajjey ge emme gina waxeefa huree masdhoani faharuga. Dhoani faharuga kakkan vess bangaalhu soreh noonee nulibey. Anhenun keeiy mi kkuranee?!