އަންނަ ބުދަ ދުވަހު ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

އަންނަ ބުދަ ދުވަހު ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

Author
މުޙައްމަދު ޖިމީ
08 މާރޗް 2021 11:02
0

އަންނަ ބުދަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ރަށްވެހި ފަތިސް ބައްދަލުވުމަށް ވަޑައިގެން އެމްޑީޕީ އޮފީހުން ރައީސް ނިކުމެވަޑައިގެންނެވިވަގުތު ބައެއް ނޫސްވެރިން އެމަނިކުފާނާއި ބައްދަލުކުރައްވާ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ތައްޔާރުވެވަޑައިގެންނަވަނީ އަންނަ ބުދަ ދުަވަހު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށްކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައިސް ދޭދެތެރެ ދޭތެރެއިން ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އެމަނިކުފާނު އެންމެފަހުންވެސް ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ.

މިސަރުކާރުން ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިސަރުކާރުން ދެއްވާނެކަމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. ފަހަކަށް އައިސް މިސަރުކާރުގެ ވަރަށް ގިނަ ސިޔާސަތުތަކަށް ފާޑުކިއުން އަމާޒުވެފައި ވީނަމަވެސް ސަރުކާރުން އެކަންކަމަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.