ބޭއަދަބީ ބަހުން މުޚާޠަބުކޮށްގެން މޮސްޓާއަށް ނަސޭހަތްދީފި

ބޭއަދަބީ ބަހުން މުޚާޠަބުކޮށްގެން މޮސްޓާއަށް ނަސޭހަތްދީފި

Author
މުޙައްމަދު ޖިމީ
08 މާރޗް 2021 09:52
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ބޭއަދަބީ ބަހުން ވާހަކަފުޅު ދައްކާފައިވާތީ އެ މެންބަރާމެދު ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސް އަޕްގްރޫޕްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު ބޭއަދަބީ ބަހުން މުޚާޠަބުކުރައްވާފައިވާ މައްސަަލާގައި، އިމްތިޔާޒާއި ސްލޫކް ކޮމިޓީން މަޖިލީހުގެ ރައީސްއަށް ލަފާދެއްވާފައިވަނީ އެ މެންބަރަށް ލިޔުމުން ނަސޭހަތްތެރިވުމަށްކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ ޝަރަފާއި، ކަރާމާތާއި އަބުރު ހިފެހެއްޓުމަށް އެފަދަކަމެއް ތަކުރާރު ނުކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރަށް ނަސޭހަތްތެރިވެ އެ ލިޔުން މިއަދު ފޮނުއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުންގެ ޢަމަލުތައް އަބަދުވެސްް ބަހައްޓަންވާނީ މަޖިލީހުގެ ޤަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަމަށެވެ. އަދި ގަވާއިދުގެ ރޫޙަށް މަޖިލީހުގެ މެންބަރުންް އަބަދުވެސް އިޙްތިރާމުކުރަންވާނެކަމަށްވެސް މަޖިލީހުގެ ޤަވާދިއިދުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.