ދީނުގެ ނަމުގައި އަންހެނުންގެ ބާރުވެރިކަން ކުޑަކުރުމުގެ އަޑުތައް ވަނީ ގަދަވެފައި: ނަޝީދު

ދީނުގެ ނަމުގައި އަންހެނުންގެ ބާރުވެރިކަން ކުޑަކުރުމުގެ އަޑުތައް ވަނީ ގަދަވެފައި: ނަޝީދު

Author
މުޙައްމަދު ޖިމީ
08 މާރޗް 2021 09:34
0

ދީނުގެ ނަމުގައި އަންހެނުންގެ ބާރުވެރިކަން ކުޑަކުރުމުގެ އަޑުތައް ގަދަވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ކަންކަމުގައި، ޚާއްޞަކޮށް މަޖިލީހުގެ ކަންކަމުގައި މިހާރު އަންހެނުން ޝަމިލްވާ މިންވަރަށްވުރެ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ޚާއްޞަކޮށް ސިޔާސީ ޕާޓިތަކުގެ ދައުރު މިކަމުގައި ވަރަސް ބޮޑުކަމަށާއި، ޕާޓީތަކުން ފަސޭހަކޮށް ޓިކެޓް ލިބޭނޭގޮތް ހަމަޖެހިފައިވާނަމަ އަންހެނުން ޝަމިލްވާ މިންވަރު އިތުރުވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިހާރު މަޖިލީހުގައި އެންމެ ބޮޑު މެޖޯރިޓީ އޮތް އެމްޑީޕީގެ ފަރާތުން 4 އަންހެނުން ތިއްބެވި. ޕާޓީން ޓިކެޓް ގެއްލުނު އަންހެން ބޭފުޅުންނަކީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި ކުޑަކޮށްވެސް ފަހަތަށް ޖެހެންވީ ބައެއްވެސް ނޫން،.އެމީހުންގެ ސިޔާސީ ޤާބިލް އަދި ހުނަރުވެރިކަމާމެދު ކުޑަކޮށްވެސް ސުވާލު އުފެދެންވީ ސަބަބެއް ނޫން.

– ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

މަޖިލީހުގެ ރައީސް ވަނީ ރާއްޖޭގެ ކައުންސިލްތަކުގެ ގޮނޑީގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ޚާއްޞަކޮށްފައިވާއިރު، އެ ބަދަލާ އެކު ބާއްވާ ފުރތަމަ އިންތިޚާބަށް މިސްރާބު ޖަހާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތަށް އެ ބަދަލު ގެނެވުނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ވިސްނުން އެއްގޮތްވެގެންކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، އިވެނީ އަންހެނުންގެ ބާރުވެރިކަން ކުޑަކުރުަމަށް އެހެން ފަލްސަފާއެއްގެ އަޑު އިވެންފަށާފައިވާކަމަށާއި، ހިތާމައަކީ ދީނުގެ ނަމަުގައި އަޑު ފަތުރާ އަދި ދީނީ އިލްމުވެރިންގެ ގޮތުގައި ބުނެ އަޑު ފަތުރާތީކަމަށެވެ. އެކަމުގައިވެސް އަންހެނުންގެ ހައްގުގައި ވީހާވެސް ބޮޑަށް މަސައްކަތްކުރަން ޖެހޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
އެހެންވެދޯ ރޯޔަލް ކޭސް ހިންދާލީ މިޖާހިލު ކަލޭގެ ހަމައިން ނެއްޓި ހަދަނީމުޅިންވެސްމަކަރު