އިލްމުގެ އަހުލުވެރިން އަދާކުރަމުންދާ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމާއި ހައްޔަރުކޮށް ބަންދު ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރާއްޖޭގެ ގިނަ ޢަަދަދެއްގެ ޢިލްމުވެރިން ހިމެނޭ އިލްމުވެރިންގެ ގުޅުމުން ގުޅުމުން ބުނެފިއެވެ.
އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ވަނީ ދިވެހި މުޖުތަމަޢުގައި ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު، މީސްމީޑިއާ އާއި އެނޫން ތަންތަނުގައި އެއްވެސް ކަހަލަ ޖެހިލުންވުމެއްނެތި އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ހުރަހެއް އެބަޔަކަށް ކުރިމަތި ކުރުމެއްނެތި، މާތްވެގެންވާ އިސްލާމްދީނާ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގަމުންދާކަން، ފެންނަން އެބައޮތްކަމަށެވެ. އަދި އެފަދަ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ އިސް މަޤާމުތަކުގައި ތިބެގެން ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފަށް ޖަރީމާތައް ހިންގަމުންދާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ތަންފީޛުކުރަން ހެދިފައިވާ އިދާރާތަކުންނާއި އެމީހުން ނިސްބަތްވާ މުއައްސަސާތަކުން ފިޔަވަޅެއް އެޅުމެއްނެތި ﷲތަޢާލާއާއި ކީރިތިރަސޫލާއާއި މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމަށް ދޫކޮށްލެވިފައި ތިބޭކަމީ އިންކާރު ކުރެވެން ނެތް ޙަޤީޤަތެކެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގާ އެފަދަ ޖަރީމާތައް ހުއްޓުވުމުގައި ދައުލަތުގެ މައްޗަށް ޒިންމާއޮތް މިންވަރާ ގާތަށްވެސް ފިޔަވަޅެއް އަދި ހުރަހެއްވެސް އެޅިފައި ނުވާއިރު، ގޮތުން އިޖުތިހާދީ މައްސަލައެއްގައި ދައުލަތުން ކަނޑައަޅާގޮތާ ޚިލާފަށް، ޝަރުޢީ ދަލީލުތަކުގެ އަލީގައި އެކަމުގައި އޮތް ދީނީ ރައުޔެއް ހާމަކުރެއްވުމާ ގުޅުވައިގެން ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުންނާއި މުއައްސަސާތަކުން އިސްވެ ޢިލްމުގެ އަހުލުވެރިން އަދާކުރައްވާ ވަޒީފާއާ މެދު ފިޔަވަޅުތައް އަޅައި ވަޒީފާއިން ވަކިކުރެވިދާނެކަމުގެ ބިރާއި، ހައްޔަރުކޮށް ބަންދުކުރާނެކަމުގެ އިންޒާރު ކުރިމަތި ކުރުވުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ.
– އިލްމުވެރިންގެ ގުޅުން
އިލްމުވެރިންގެ ގުޅުމުން ބުނީ އެފަދަ ކަންކަމަކީ އިސްލާމް ދީނާއި މުސްލިމުންނާ ޢަދާވާތްތެރި ޤައުމުތަކުގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭފަދަ ޢަމަލެއްކަމީ، ޢަދުލުވެރި ނަޒަރަކުން ބެލި ކޮންމެ މީހަކަށް ފެންނާނެ ޙަޤީޤަތެއްކަމަށެވެ. އަދި އެއީ ދުލުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދީނީ ޢިލްމު ފޯރުކޮށްދިނުމުގެ ވާޖިބުތަކާ ވެސް ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމުގައި ނޫނީ ނުވާނެކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ދީނީ ޢިލްމު އުނގެނިވަޑައިގެން، ވަޢުޛުބުނުމާއި ދީނީ ނަޞޭޙަތްދިނުމުގެ ހުއްދަ ލިބިވަޑައިގެން ތިއްބަވާ ފަރާތްތަކުން، ދީނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޢީ ދަލީލުތަކުގެ މައްޗަށް ބިނާކުރައްވަ ބިނާކުރައްވައިގެން ހާމަކުރަ ކުރައްވާ ޢިލްމީ ރައުޔަކާ ގުޅިގެން، ފިޔަވަޅު އެޅުއްވުމާއި އެފަރާތްތަކުން ވިދާޅުވާ ވާހަކަފުޅުތައް މަޙައްލުން ބޭރުގައި ނުބައި މާނަ ދޭހަވާނޭހެން މުޖުތަމަޢުގައި ފިތުނައާއި ނަފުރަތު އުފެދޭނޭހެން ފަތުރައި، އެބޭފުޅުންނަށް އިހާނެތި ބަސްތައް ރައްދުކުރުން ފަދަ ކަންކަން ހުއްޓުވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
– އިލްމުވެރިންގެ ގުޅުން
އީލްމުވެރިންގެ ގުޅުމުން މިހެން ބުނެފައިމިވަނީ، ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ވަނީ 14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމާއި ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ފާޅުކުރަމުން ގެންދާ ޚިޔާލުތަކާއި ގުޅިގެން ޑރ.އިޔާޟް ސަސްޕެންޑްކޮށްފައިވާއިރު، ޑރ.އިޔާޟް ވަނީ ހައްގު ބަސް ބުނެގެން އޮތް އަދަބަކީ ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނުން ކަމުގައިވާނަމަ އެކަން ކުރިޔަސް ފަސްޖެހުމެއް ނެތްކަމަށް ވިދާޅުވެފައެވެ. ޑރ.އިޔާޟަށް ވަނީ ސޯޝަލް މިޑީޔާގައި ދައްކަވާ ވާހަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީން ތަފާތު އެކި ފަހަރުމަތީން ފިޔަވަޅު އަޅާނެކަމަށް އަންގާފައެވެ.
ޑރ.އިޔާޟަށް ފިޔަވަޅުއެޅުމާއި ގުޅިގެން ވަރަށް ގިނަ ދީނީ ޢިލްމުވެރިން އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ.
ކޮމެންޓު ފޮނުވާ