ޓެސްޓްކިޓް އަގުބޮޑުކޮށް، ޙަސަން އަފީފުގެ ކުންފުންޏާ ހަވާލުކޮށްގެން ގަންނަ މައްސަލައެއް އޭސީސީއަށް

ޓެސްޓްކިޓް އަގުބޮޑުކޮށް، ޙަސަން އަފީފުގެ ކުންފުންޏާ ހަވާލުކޮށްގެން ގަންނަ މައްސަލައެއް އޭސީސީއަށް

Author
މުޙައްމަދު ޖިމީ
07 މާރޗް 2021 02:19
0

ކޯވިޑު-19 އަށް ޓެސްޓު ކުރަން ބޭނުން ކުރާ ޓެސްޓު ކިޓު ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެސްޓީއޯއިން ދިން މައްސަލައެއް އޭސީސީއަށް ހުށައަޅާއިފިއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މެޑިކުއިޕް ކުންފުންޏާއި ހަވާލުކޮށްގެން ޓެސްޓް ކިޓް ގެންނަ މައްސަލައެއް އޭސީސީއަށް ހުށައަލާފައިވާއިރު، އެސްޓީއޯއިން ކިއާޖެން ބްރޭންޑްގެ ޓެސްޓްކިޓު ރާއްޖެ ގެންންނީ މިހާތަނަށް މެޑިކުއިޕް މެދުވެރިކޮށެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ޓެސްޓް ކިޓް ސަޕްލައި ކުރަނީ އެސްޓީއޯއިންނެވެ. އެސްޓީއޯއިން މެޑިކުއިޕް މެދުވެރިކޮށް ޓެސްޓް ކިޓް ގަންނަމުންދާއިރު، އެކުންފުނިން ޓެސްޓް ކިޓް ގަންނަނީ އިންޑިއާގެ ތާރޑް ޕާޓީ ކުންފުންޏަކުންނެވެ.

ކިޔާޖެން ކުންފުނިން ހެޔޮ އަގެެއްގައި އެސްޓީއޯއަށް ޓެސްޓް ކިޓް ފޯރުކޮށްދިނުމަށް ހުށައެޅިނަމަވެސް އެސްޓީއޯއިން އެ ކުންފުންޏަށްވުރެ ބޮޑު އަގެއްގައި ޓެސްޓް ކިޓް ގަންނަނީ މެޑިކުއިޕް މެދުވެރިކޮށެވެ.

މެޑިކުއިޕް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފާއި، ހިޔަލީ މުޙައްމަދު ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. ހިޔަލީ މުޙައްމަދު ރަޝީދަކީ، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެމެންބަރު އަޙްމަދު ރަޝީދުގެ ބޭބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތުމީހާ
ކޮވިޑު 19 އޭ ކިޔައިގެން ރައްޔިތުން ދިރިއުޅުމަށްޓަކާ ކުރަމުންދިޔަ ހުރިހާމަސައްކަތެއް ހުއްޓުވާ ރައްޔިތުން ބިކަކޮށް ހާލުގަޖައްސާފަ އޭގެން ނާޖާއިޒު ފައިދާ ސަރުކާރުގެބޮޑުންނަށް ކޮވިޑްގާ ހާލުގަޖެހުން ރައްޔިތުންނަށް މާހެޔޮއެދިގެންނޯ މިލޯނުދެނީ . ޒީރޯޓޮލެރެސް، އޯގާތެރި އިންސާފުވެރި އަރިއަށް އޮރިއަށް އެކޮޅުކޮޅުން ހިންގާސަރުކާރު . އިންސާނިޔަތުކަމުގެ ކަންފުޅެއްވެސްނެތް.
ކ ކަރީމް
އަފީފު އާއި ހިޔަލީ އަކީ މައުމޫނުގެ ދިގު 30 އަހަރުވެސް އެސްޓީއޯ މެދުވެރިކޮށް ވައްކަން ކުރަމުން އައި ބައެއް އޭރު އެސްޓީއޯ ގެ ވެރިޔަކަށް ހުރީ ހިޔަލީ ބޭސްފިހާރައިގެ މެނޭޖަރަކަށް ހުރީ މުފީދު މަޖުލީހުގަ ޖީސަސް އަފީފް.އެސްޓީއޯއަށް އަންނަ ކޮންމެ އެޖެންޓަކުވެސް އަބުރާލަނީ މެޑިކުއިޕް އަށް.މެޑިކުއިޕް އިން އެއްޗެހި ގެނައިމަ އެސްޓީއޯ އަށްގަނެފަ އަނެއްކާ ސަރުކާރުގެ މެޑިކަލް ފެސިލިޓީތަކަށް ވިއްކަނީ ބޮޑުއަގުގަ.
H Haaufaa
Thimaamen khiyaanaai theriveemaa korop shanakah nuvey. ehen meehunge izzathaa aburu kathileveyiru thimaamenge fasbi onnanee nuthaahiruvefa. ladhu hayaathuge kanfulhevves nuhurey viyyaa.
ހ ހަސަން
ތިވިދާޅުވާ މެޑިކްވިޕް ކުންފުންޏަކީ އެން.އެމް.ޕީ.އާރު.ސީ ގެ ޑޮލަރު ގޯނި ލިބުނު ކުންފުންޏެއް . ދެން ތިވިދާޅުވަނީ ކޮވިޑް ކިޓް ޗޯރު ކުރި ވާހަކަ. ޖީސަސް އަފީފް އާއި. ސުވާދީބު ހިޔާލީ އަކީ ފެށުނީއްސުރެ ހަލާލުތަކެތި ފަރިއްކުޅުވި 2ޗޯރުން. ކިހިނެއްތޯ ހިންނަރު ކޮވިޑް އިބްރާހިމް އަށް މިކަންކަން ބެލޭނީ. އެން ކޮރަޕްޝަން އަކީ ކެނެރީގޭ ހާއްޔެއް.