ބްރޯޑްކޮމް އަށް ފަޒީން އައްޔަންކޮށްފި

ބްރޯޑްކޮމް އަށް ފަޒީން އައްޔަންކޮށްފި

Author
މުޙައްމަދު ޖިމީ
07 މާރޗް 2021 02:05
0

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް، ބ. ތުޅާދޫ، ހޭޒުލީން، މުޙައްމަދު ފަޒީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަންކުރައްވައިފިއެވެ. މުޙައްމަދު ފަޒީން މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މުޙައްމަދު ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާރިޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)ގެ ސީނިއަރ ޖަރނަލިސްޓެއްގެ ގޮތުގައެވެ. އަދި، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓްގެ މަޤާމެވެ. ފަޒީނަކީ، ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފަޒީން ބްރޯޑްކޮމްއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ބްރޯޑްކޮމްއަސް އައްޔަންކުރުމަށް ކޮމިޓީ މަރުހަލާގައި އެންމެ މަތިން މާކްސް ދީފައިވަނީ ވީޓީވީގެ ކުރީގެ ޖާރނަލިސްޓް ޝިފްޒާ މުސްތަފާއަށެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން ރުހުން ދީފައިވަނީ ރައީސް އިއްސްކަންދެއްވާ ނަންފޮނުއްވާފައިވާ ފަޒީނަށެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ. އެގޮތުން ކިޔަވައިގެން ގިނަ ދުވަހު ދާއިރާގައި މަސައްކަތްކުރި އަދި އަންހެން ބޭފުޅަކު އައްޔަންކުރުމުގެ ބަދަލުގައި  ވަޒީފާ ދީފައިވަނީ އެމްޑީޕީގެ މީހަކަށްކަމަށް ފާޑުކިޔާ ފަރާާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.