ކުއްލި ޙާލަތުގައިވެސް ނިގުޅައިނުގަނެވޭނެ މިންވަރަށް ހައްގުތައް ނިގުޅައިގެންފި: ޑރ.ޖަމީލް

ކުއްލި ޙާލަތުގައިވެސް ނިގުޅައިނުގަނެވޭނެ މިންވަރަށް ހައްގުތައް ނިގުޅައިގެންފި: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
06 މާރޗް 2021 07:33
0

ގާނޫނުަ އަސާސީގެ ބޭރުން އެޗްޕީއޭ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްގުތައް ކުއްލިނުރައްކަލުގެ ޙާލަތުގައިވެސް ނިގުޅައި ނުގަނެވޭ މިންވަރަށް ނިގުޅައިގެންފައިވާކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ކޯވިޑްގެ ޙާލަތުގައިވެސް ރައީސް ނަޝީދު ގޭގެއަށް ވަޑައިގަންނަވާ މަންޒަރާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޢާންމުންނާ ބައްދަލުކުރާމަންޒަރު ފެންނަ ފޮޓޯއާއި، އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒަހަރާގެ ބައިވެރިން ހައްޔަރުކުރާ މަންޒަރު ދައްކުވައިދޭ ފޮޓީއާއާއެކު ޑރ.ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިއަދު ގާނޫނުަ އަސާސީގެ ބޭރުން އެޗްޕީއޭ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްގުތައް ކުއްލިނުރައްކަލުގެ ޙާލަތުގައިވެސް ނިގުޅައި ނުގަނެވޭ މިންވަރަށް ނިގުޅައިގެންފިކަމަށެވެ. އެމްޑީޕީން އަބަދުވެސް ސަލާމަތީ ބާރުތައް ބޭނުންކުރަނީ ޣައިރު ގާނޫނީ ކަންތައްތައްކުރުވަންކަމަށްވެސް ޑރ.ޖަމީލް ވތުހުމަތުކުރެއްވިއެވެ.

ޑރ.ޖަމީލް މިހެން ވިދާލުވިއިރު، ކޯވިޑްގެ ގައިޑްލައިނުން އިސްތިސްނާވެ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ރަށްރަށް ދަތުރުކޮށް އިންތިޚާބަށް ކެމްޕެއިން ކުރާކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެއިން އެއްވެސް ހައްގެއް ނުދޭކަމަށް ބުނެ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި އިދިކޮޅުން މުޒާހަރާއަށް ނިކުންނަކަން އިޢުލާންކުރާ ކޮންމެ ފަހަރަކު އެޗްޕީއޭއިން ކޯވިޑް ފިޔަވަޅުތައް ހަރުކަށިކުރާކަމުގެ ތުހުމަތުވެސް ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.