ކޮރޯނާ ހިފައިގެން ދޮރުން ދޮރަށް ނުދާނެކަމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓްތައް އަތުލާފައިވާ ކަމަށް ބުނާ މީހުންގެ ގެތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް ޢަބްއްދުއްޞައްތާރާއެކު މިއަދު ވަޑައިގަންނަވަން ފަށްޓަވާފައިވަނިކޮށެވެ.
އަލްހާން ވިދާޅުވީ، ކޮރޯނާ ހިފައިގެން ދޮރުން ދޮރަށް ދާކަށް ނެތިންކަމަށާއި، މާލޭ ރައްޔިތުންގެ ހާލަތާ މާލެއަށް ކުރިމަތުވެފައިވާ މައްސަލަތައް އެނގިވަޑައިގަންނަވާކަމަށެވެ.
ކޮރޯނާ ހިފައިގެން ދޮރުން ދޮރަށް ދާކަށް އަޅުގަނޑެއް ނެތީމު!
މާލޭ ރައްޔިތުންގެ ހާލަތާ މާލެއަށް ކުރިމަތުވެފައިވާ މައްސަލަތައް އަޅުގަނޑަށް އެނގޭ! pic.twitter.com/TnaoMV913C— ????? ????? – ?? (@AlhanFahmy) March 6, 2021
ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާޔްކުރި ހިޔާ ފްލެޓް މިސަރުކާރުން ދޫކުރި ލިސްޓްގައި ނުހިމެނޭ މީހުންގެ ގެތަކަށް ރައީސް ނަޝީދު މިއަދު ވަނީ ޒިޔާރަތްކުރައްވާފައެވެ. ރައީސް ނަޝީދު ޒިޔާރަތް ކުރައްވާފައި ވަނީ، މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީ “ދޮރުން ދޮރަށް” ކެމްޕެއިން ހަރަކާތުގެ ތެރެއިންނެވެ.
ހިޔާފްލެޓް ގެއްލުނު ބައެއް މީހުންގެ ގެތަކަށް ރައީސް ނަޝީދު ވަޑައިގެން ޝަކުވާތައް އެންމެ ގާތުން އަޑު އެއްސެއްވި އެމީހުންދިރިއުޅުމުގެ ހާލަތު ބެއްލެވި.#Live pic.twitter.com/Ff3CCaHmwG
— ??? ?? (@Simwarr) March 6, 2021
އަނަސްއަށް ވޯޓު ހޯއްދެވުމަށް މާފަންނުގެ ބައެއް ގެތަަކަށް ވަޑައިގެންފައިވާއިރު، އިދިކޮޅުުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުވެސް ކެމްޕެއިން ފަށްޓަވާ މާލޭގެ ގޭގެއަށް ދަނީ ޒިޔާރަތްކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ