އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަމުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
އިދިކޮޅުން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު މުޒާހަރާ ފެށުމުގެ މާކުރިން މަގުތައް ަބްނދުކޮށް މީހުން ހައްޔރުކުރަން ފުލުހުން ފެށިއެވެ. އިއްޔެގެ މުޒާހަރާއިން 39 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެމީހުން ދޫކޮށްލީ، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެގެން ފިޔަވަޅު އެޅުމަށްފަހުކަމަށެވެ. އެއީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން ކުރާ 1،000 ރުފިޔާގެ ޖޫރިމަނާއެވެ.
އިއްޔެގެ މުޒާހަރާ އިން ހައްޔަރުކުރި މީހުން ކޯވިޑް19އަށް ޓެސްޓުކުރަން ސާމްޕަލް ނަގަން އެދުމުން އެކަމަށް ވަނީ ދެކޮޅު ހަދައިފައެވެ. އެ އެންމެންގެ ސާމްޕަލް ނަގަން އެދުނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި ބަޔަކަށް ވެފައި، އެމީހުންނަކީ ގިނަ ފުލުހުންނާ ކޮންޓެކްޓްވެފައިވާ ބަޔަކަށް ވުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ގިނަ އަދަދެއްގެ ޒުވާނުންވެސް ހިމެނެއެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހައްޔަރު ކުރި މީީހުންގެ ތެރޭގައި ޕީޕީއެމް ޕީއެންސީގެ ކައުންސިލް މެމްބަރުންނާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންވެސް ހިމެނެއެވެ. މުޒަހަރާގެ ބައިވެރިންނަށާއި، ހައްޔަރުކުރި މީހުންނަށް ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އިދިކޮޅުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ