ޑރ.އިޔާޒް ދޫކޮށްލާފައި ބަހައްޓާނަމަ އަންހެން ދަރިން މަރަންގޮވާލާފާނެ، އޭނާ ހައްޔަރުކުރޭ: ޢާޒިމް

ޑރ.އިޔާޒް ދޫކޮށްލާފައި ބަހައްޓާނަމަ އަންހެން ދަރިން މަރަންގޮވާލާފާނެ، އޭނާ ހައްޔަރުކުރޭ: ޢާޒިމް

Author
މުޙައްމަދު ޖިމީ
05 މާރޗް 2021 07:58
0

ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ދޫކޮށްލާފައި މުޖުތަމަޢުގައި ބަހައްޓާނަމަ އަންހެން ދަރިން މަރަންވެސް ގޮވާލާފާނެކަމަށް ތުހުމަތުކޮށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ޑރ.އިޔާޒް ހައްޔަރުކުރުމަށް ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިޔާގައި ދައްކަވަމުން ގެންދަވާ ވާހަފުޅުތަކާއި، ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ޑރ.އޔާޒް ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކުރުމުން އިޔާާޒް ވަނީ އެއީ ވަރަށް ބޮޑު ނުބައެއްގެ ފެށުންކަމަށް ވިދާޅުވެ، ﷲ ރައްކާތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވާފައެވެ. އެ ޓްވީޓަށް ރައްދުދެއްވަމުން ޢަލީ އާޒިމް ވަނީ ފުލުހުން ޓެގްކުރައްވާ، ދިވެހި މުޖުތަމަޢުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތްކުރާ އެފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރިކުރަންހެގޭކަމަށް ގޮވާލައްވާފައެވެ. އަދި ޑރ.އިޔާޒް ދޫކޮށްލާފައި ބަހައްޓާނަމަ އަންހެން ދަރިން މަރަންވެސް ގޮވާލާފާނެކަމަށް ޢާޒިމް ވަނީ ތުހުމަތުކުރައްވާފައެވެ.

ދިވެހި މުޖުތަމަޢުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތްކުރާ މިފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރިކުރުމަށް ގޮވާލަން. މީނާ ދޫކޮށްލާފައި ބަހައްޓާނަމަ އަންހެން ދަރިން މަރަންވެސް ގޮވާލަފާނެ.

– އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް

ޢާޒިމް މިހެން ވިދާޅުވެފައިވާއިރު، ޑރ.އިޔާޒް މީގެ ކުރިން ވަނީ ސޯޝަލް މީޑިއާގައި ފާޅުކުރައްވާ ޚިޔާލުތަކުގައި މިސަރުކާރާއި ސަރުކާރުގެ ސިޔާސަތުތައް ވަރަށް ބޯޑަށް ދިފާޢުކުރައްވފައިވެއެވެ. ޑރ.އިޔާޒު ސަސްޕެންޑްކޮށްފައިވަނީ އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ އިއްޔެގައެވެ. ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.