ނާށިގަނޑު ހިފައިގެން ޤައުމުތައް ކުރިމަތީ ސަލާންޖަހަން ޖެއްސީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ (ތިމަރަފުށި މުސްޠަފާ) ވިދާޅުވެއްޖެއެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، ރާއްޖެއަށް ވަންނަ އާމްދަނި ދަށްވެފައިވާއިރު، މިސަރުކާރުން ވަނީ އިންޑިއާއިން ގިނަ އަދަދެއްގެ ދަރަނި ނަގާފައެވެ. ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވީ، ޤައުމު ނާށިގަނޑު ހިފައިގެން ދުނިޔޭގެ ކުރިމަތީ ލަތު ކަނޑާލާފައި ސަލާމްޖަހަން ދަސްކޮށްދިނީ ރައީސް މައުމޫންކަމަށެވެ. މިއީ އެމަނިކުފާނު އެފެއްދެވި ސަގާފަތެއްކަމަށާއި، އިންސާނާ އެދަރަޖައަށް ދިއުން އެއީ ހަޑިކަމެއްކަމަށްވެސް މުސްޠަފާ ވިދާޅުވިއެވެ.
ދީބޭ ދީބޭ ދީވޭ ކިއުން ހުއްޓަލަންޖެހޭ.
– ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ
Mi gothah mi gaumu naashi gandu hifaagen Dhuniyega kurimathee ladhu hayaah kadaalaafa salaam jahan dhas kohdhinee Raees Maumoon. Miee eyna ufehdhevi Sagaafatheh. Insaanun E Dharaja ah dhiyun Eii Varah hadi kameh. Dheebey Dheebey kiyun Huttaalan Eba Jehey
— Mohamed Musthafa (@Thimarafushi) March 5, 2021
މުސްތަފާ މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރުން އިންޑިއާއިން ގިނަ ޢަދަދެއްގެ ލޯނު ނަގަމުންދާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި އިންޑިއާފަދަ އެއް ޤައުމަކަށް ބަރޯސާވުން އެއީ އއިޤްތިޞާދީ ގޮތުން ޤައުމަށް ގެއްލުންވާނެ ކަމެއްކަމށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ