މިސަރުކާރުގެ ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމަށް %91 މީހުން އިތުބާރު ނުކުރާކަމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދިނުމަށް އެންމެ ބޮޑަށް ވަކާލާތުކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެއްކަަމށްވާ ޢާންމު އެކުވެރި ގުޅުމުން ދެދުވަހުގެ މުއްދަތައްކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓްގައި ޖުމްލަ 1854 މީހުން ބައިވެރިވެ ވޯޓް ދިނެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ޓްވިޓާ އާއި ވައިބާގައެވެ. މި ވޯޓްގެ ނަތީޖާ ދައްކާގޮތުން ވޯޓް ލީ މީހުންގެ ތެރެއިން 1689 މީހުން އެމީހުން މިނިސްޓަރ އަސްލަމަށް އިތުބާރު ނުކުރެއެވެ. އިތުބާރު ކުރާކަމަށް ބުނީ އެންމެ 165 މީހުންނެވެ. އެއީ ވޯޓްގައި ބައިވެރި މީހުންގެ %9 އެވެ.
ވަޒީރު @AslamAslamtey އަށް އިތުބާރު ކުރަންތޯ؟
ޓުވިޓާ އަދި ކޮތަރުކޮށި ވައިބާ ކޮމިއުނިޓީގައި ނެގި 48 ގަޑިއިރުގެ ވޯޓުގެ ނަތީޖާ
ޓުވިޓާގައި ވޯޓު ދިނީ 1010 މީހުން
ވައިބާގައި ވޯޓު ދިނީ 844 މީހުން pic.twitter.com/cDlraid7fl— Commoners Friendship Association ?? (@AEG_Mv) March 4, 2021
ކުރީ ސަރުކާރުން ހުޅުމާލޭގައި ޢިމާރާތްކުރި7000 ފްލެޓް މިސަރުކާރުން ދޫކުރިގޮތާއި ގުޅިގެން ޝަކުވާ ބޮޑުވެފައިވާއިރު، ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމްގެ ސިޔާސަތުތަކަށްވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަސްލަމް އިއްޔެ ވަނީ ކުރީ ސަރުކާރަށް ނިންމިފައިވަނީ ބޯހިޔާވަހިކަމުގެ އެންމެ %2 މަސައްކަތްކަމަށް ވިދާޅުވެފައެވެ. އަސްލަމް މިހެން ވިދާޅުވިނަމަވެސް މިސަރުކާރަށް ތިން އަހަރު ވެގެން ދާއިރުވެސް އެންމެ ހައުސިން މަޝްރޫޢޫއެއް ފެށްޓިފައިނުވާކަމަށް ބުނެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ