ޞައްހަ ނޫން ލިޔެކިއުން ހުށައަޅައިގެން ރަޖިސްޓްރީކުރި އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާޠިލްކޮށްފި

ޞައްހަ ނޫން ލިޔެކިއުން ހުށައަޅައިގެން ރަޖިސްޓްރީކުރި އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާޠިލްކޮށްފި

Author
މުޙައްމަދު ޖިމީ
05 މާރޗް 2021 11:34
0

ޞައްޙަ ނޫން ލިޔެކިއުންތައް ހުށައަޅައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް އޮތޯރިޓީން ބާޠިލްކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓިން ބުނީ ފަސް އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލްކޮށްފައިވާކަމަށާއި، އެއީ އެ ވެހިކަލްތައް ރަޖިސްޓަރީ ކޮށްފައިވަނީ ޞައްޙަ ނޫން ލިޔެކިއުންތައް ހުށައަޅައިގެން ކަމުގައިވާތީކަމަށެވެ.  މާލޭގައި ހަތަރުފުރޮޅުލީ އުޅަދުތައް އެތެރެކޮށް ދުއްވޭނީ ޕާކްކުރާނެ ގަރާޖެއްގައި ރަޖިސްޓްރީ ކޮށްގެންކަމަށް ބުނެފައި ވާއިރު، އެއްގަރާޖެއްގައި އެތައް ކާރެއް މކުރީ ސަރުކާރުތަކުގައި ރަޖިސްޓްރީ ކޮށްދީފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަންމަތީ އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްގެން ދުއްވާ މައްސަލައަކީ މާލޭގައި ވަރަށްބޮޑަށް ދިމާވި މައްސަލައެއް ކަމަށެވެ.  ނަމަވެސް އެފަދަކަންކަން މިހާރު ހުއްޓުވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

 

ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކު ވެސް މަދުވެގެން 10،000 އެއްގަމު އުޅަނދު އަލަށް ރާއްޖޭގައި ރަޖިސްޓްރީކުރެއެވެ. އެގޮތުން، 2016 ގައި 89،237 އުޅަނދު ރަޖިސްޓްރީ ކުރި އިރު، ޖެހިގެން އައި 2017 ގައި އެ އަދަދު ވަނީ 99،411 އަށް އަރައިފައެވެ. މިހާރުގެ އަދަދުތައް އަދި އާއްމުކޮށްފައި ނުވި ނަމަވެސް، އެ މިންވަރު 115،000 އަށް ވުރެ މަދުނުވާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެ އުޅަނދުތަކުގެ ތެރެއިން 90 ޕަސެންޓަކީ ސައިކަލެވެ. އަދި ރާއްޖެ އެތެރެކުރާ އުޅަނދުތަކުގެ ތެރެއިން 60 ޕަސެންޓް އުޅަނދު ދުއްވަނީ މާލޭގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.