އެންމެ ގިނަ ބަޔަކު މާލޭގެ ދަފްތަރުގައި ޖެހުނީ 2018 ވަނަ އަހަރު

އެންމެ ގިނަ ބަޔަކު މާލޭގެ ދަފްތަރުގައި ޖެހުނީ 2018 ވަނަ އަހަރު

Author
މުޙައްމަދު ޖިމީ
05 މާރޗް 2021 11:21
0

މިހާތަނަށް އެންމެ ގިނަ މީހުން މާލޭގެ ދަފްތަރުގައި ޖެހިފައިވަނީ 2018 ވަނަ އަހަރުކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ ބޯހިޔާވަހިކަމާއި، ހުޅުމާލޭހެ ހިޔާ މަޝްރޫޢުއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ،2018 ވަނަ އަހަރު މާލޭ ދަފްތަރަށް ކުއްލިއަކަށް އެތައް ބަޔަކު އިތުރުކުރެވިފައިވާކަމަށާއި، އޭގެ ތެރޭގައި މާލޭގައި ނުޅޭ މީހުންވެސް ހިމެނޭކަމަަށެވެ. އެގޮތުން 2018 ވަނަ އަހަރު އެކަނިވެސް 2000އަށް ވުރެ ގިނަ މީހުންދަަފްތަރުގައި ރަޖިސްޓްރީކޮށްފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. މާލޭގެ ދަފްތަރުގައި ޖެއްސުމުގެ ޤަވާއިދުގައި ވަނީ މާލޭގައި މަދުވެގެން ފަސް އަހަރު އުޅެފައިވާކަން ޔަޤީންކޮށްދޭ ލިޔެކިއުމެއް ހުށައަޅަާންޖެހޭނެކަމަށެވެ. ނަމަވެސް އޭރު ދަފްތަރުގައި ރަޖިސްޓްރީކުރި ގިނަ މީހުންގެ އަތުގައި މާލޭގައި އުޅޭކަން ސާބިތުކޮށްދެވޭނެ ލިޔުމެއްވެސް ނެތްކަން މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެރަށްތަކުގެ ރަޖިސްޓްރީން އުނިނުކޮށް މާލޭ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާކަންވެސް ސިފާ ފާހަގަކުރެއްވިއެވެ.

2018 ގައި ގިނަ ޢަދަދެއްގެ މީހުން މާލޭ ދަފްތަރުގައި ޖެހިފައިވާކަން މޭޔަރު ފާހަގަކުރައްވާފައިވާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގައި މާލޭގެ ދަފްތަރަށް ޚާއްޞަ ކެޓަގަރީއެއް އޮތުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މާލޭގެ ދަފްތަރުގައި ޖެހުނެވެ. އަދި މާލޭ ދަފްތަރު ކެޓަގަރީން މާލޭގައި ދިރިނޫޅޭ މީހުންނަށްވެސް ފްލެޓް ދިންކަމުގެ ޝަކުވާ ބޮޑުވެފައިވެއެވެ. މާލެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ކެޓެގަރީ، H-9 ކެޓަގަރީއެވެ. ހިޔާ ފްލެޓަށް އެދި މާލެ ދަފްތަރު ކެޓަގަރީއަށް 2800 މީހުން ފޯމް ހުށައަޅިއެވެ. މި ކެޓަގަރީއިން 1044 ފްލެޓް ދޫކުރުމަށްވަނީ ކަނޑައަޅާފައެވެ. ފެލެޓަށް އެދި މި ކެޓަގަރީއިން 2800 މީހުން ފޯމް ހުށައެޅިއިރު 2775 މީހުން ޝަރުތު ހަމަވެއެވެ.

ފްލެޓް ކޮމިޓީންވެސް ބުނެފައިވަނީ ފްލެޓް ދިން މީހުންގެ ތެރޭގައި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހެއްކަން އެނގެން ނެތުމާއި، ދަފުތަރުގެ ވަގުތީ ލިޔުން ހަވާލުކުރެވިފައިވާ ފަރާތެއްކަން އެނގެން ނެތް މީހުންނަށްވެސް ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ބުނެ ލިޔުން ހަވާލުކޮށްފައިވާކަަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހަރެން
ތިޔައީ ތެދަކަށް ވެދާނެ. މަށަށް ވެސް ފުރުޞަތު ލިބުން. ދަފުތަރުގައި ޖެހިފައި ވޯޓެއް ލާން އެއްބަސްވީމަ ފުލެޓް ދޭނއބުނި