ކޯވިޑް-19ގައި  އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
04 މާރޗް 2021 07:16
0

ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ މިބަލީގައި ނިޔާވި 64 ވަނަ މީހާއެވެ. ނިޔާވެފައިވަނީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާއަކީ ބޮޑެތި ބަލިތަކަށް ފަރުވާދެމުން އައި މީހެކެވެ. އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި 64 ވަނަ މީހާއެވެ. އެހެންކަމުން ރާއްޖެއިން ނިޔާވި 64 މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖޭގައި މިވަގުތުވެސް 2600އަށްވުރެ ގިނަ މީހުން އަންނަނީ ކޯވިޑަށް ފަރުވާދެމުންނެވެ. އަދި ހޮސްޕިޓަލްގައި 187މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 20،280އަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،262 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިވަނީ 536،931 އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.