އައްޑޫއަށް ގެންނަ އަސްތައް ޤައުމީ ޝިޕިންލައިން ބޯޓަށް އަރުވައިފި

އައްޑޫއަށް ގެންނަ އަސްތައް ޤައުމީ ޝިޕިންލައިން ބޯޓަށް އަރުވައިފި

Author
މުޙައްމަދު ޖިމީ
04 މާރޗް 2021 07:31
0

އައްޑޫސިޓިއަށް ގެންނަ އަސްތައް ޤައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ބޯޓަށް އަރުވާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓޭޓް ޝިޕިންއިން ބުނީ، ދެ އަސް އެކުންފުނީގެ ބޯޓުގައި ގެންނަކަމަށާއި، މިއީ އެކުންފުނީގެ ބޯޓުން ޖަނަވާރުން އުފުލާ ފުރަތަމަފަހަރުކަމަށެވެ. އައްޑޫ ސިޓީއަށް އަސްތަކެއް ގެނެސް އަސް ދުއްވުމުގެ ވިޔަފާރިއެއް ފަށަން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. އައްޑޫ އަތޮޅަށް ފަސް އަސް ގެނެސްގެން، އަސް ދުއްވުމުގެ ވިޔަފާރިއެއް ފެށުމަށް ޒުވާނަކު މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަސްތަކާއި ގުޅޭ ސެޓްފިކެޓްތައް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހަދާ ނިންމާލާފައިވާ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވެފައިވެއެވެ.

ސްޓޭޓް ޝިޕިން އިން ޢާންމުކޮށްފައިވާ ފޮޓޯއިން ފެންނަގޮތުގައި ރާއްޖެ ގެންނަނީ ހުދުކުލައިގެ ދެ އަހާއި ކަޅުކުލައިގެ އަސްތަކެކެވެ. އެ އަސްތައް ތިބީ ފެހިކުލައިގެ ކޮށިތަކެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓަކަށް ވާނެ ކަމަށާއި މިއީ އަޖުމަ ބަލާލަން ރަނގަޅު ޚިދުމަތެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.