ރ.އަތޮޅު އަލިފުށީގައި ގިނަ ޢަދަދެއްގެ ދަރިވަރުން ބަލިވެ ސްކޫލަށް ނުދިއުމާއި ގުޅިގެން ރެންޑާމް ސަމްޕަލް ނަގަން ފަށައިފިއެވެ.
ރޯގާޖެހިގެން ސްކޫލަށް 123 ދަރިވަރަކު މިއަދު ޙަޒިރުވެފައިނުވާކަމަށް މަޢޫލޫމާތު ލިބިފައިވެއެވެ. އަލިފުށި ސްކޫލްގެ ބައެއް ދަރިވަރުންގެ ކިބައިން ހުން އަދި ރޯގާގެ އަލާމާތްތައް ފެންނަމުންދާތީ ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުގޮސް ގޭގައި މަޑުކޮށްފައިވުމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، އަލިފުށި ހެލްތު ސެންޓަރު ގުޅިގެން ރެންޑަމް ސާންޕަލް ނަގަން ވަނީ ފަށަފައެވެ.
427 ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އަންނަ އަލިފުށި ސްކޫލްގެ 123 ދަރިވަރަކު މިއަދު ސްކޫލަށް ޙާޞިރުވެފައެއް ނުވާއިރު އިއްޔެ 113 ދަރިވަރަކު ސްކޫލަށް ޙާޒިރުވެފައިނުވެއެވެ.
މިދިޔަ ހަފްތާގައިވެސް އެ ސްކޫލްގެ 62 ދަރިވަރަކު ބަލިވެގެން އަލިފުށި ހެލްތުސެންޓަރަށް ދައްކާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ